ކިޔުމަށް ޝަޢުޤު އުފެއްދުމުގެ ގޮތުން " ދަ ރީޑިންގ ރޫމް" ގެ އެހީތެރިކަމާއެކު މަޑިފުށީ ސްކޫލްގައި ވާރކްޝޮޕެއް ބާއްވައިފިއެވެ.
މި ވާރކްޝޮޕް ކުރިއަށް ގެންދިޔައީ ވިލުފުށީ ސްކޫލާއި ތ. އަތޮޅު ތައުލީމީމަރުކަޒާއި އެއަތޮޅު މަދަރުސާގެ ޓީމްތަކެއް ބައިވެރިކޮށްގެންނެވެ. އެޓޮމޮސްފިއަރ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު މި ވާރކްޝޮޕް ކުރިއަށް ގެންދިޔައީ ދަރިވަރުންނަށާއި ބެލެނިވެރިންނާއި އަދި މުދައްރިސުންނަށް ވަކިންނެވެ.
މަޑިފުށީ ސްކޫލްގެ ޕްރިންސިޕަލް އުޝާ މޫސާ ވިދާޅުވީ، އެ ސްކޫލްގެ ދަރިވަރުންގެ މެދުގައި ކިޔުމުގެ އާދަ އަށަގެންނެވުމަށް " ރީޑިންގ ޕްރޮގްރާމެއް" ކުރިއަށް ގެންދަން ނިންމާފައިވާތީ އެ ފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެގޮތާއި ފޮތް ކިޔަން އަހުލުވެރިކުރުވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ކަމާގުޅުން ހުރި ފަރާތްތަކުގެ އެހީގައި މައުލުމާތު ހިއްސާކޮށް އަމަލީ ގޮތުން އެކަން ކުރާނެ ގޮތް މި ވާރކްޝޮޕުން ބެލެނިވެރިންނާއި މުދައްރިސުންނަށް އެނގިގެން ދިޔަކަމަށެވެ.
" ކިޔުމުގެ އާދަ އަށަގަންނަވުވާނެ އާ އުކުޅުތަކާއި ޒަމާނީ ވައްޓަފާޅިތަކުގެ މައުލޫމާތު ލިބިގެންދިޔަ. އަމަލީ މަސައްކަތްތަކެއް ހިމަނައިގެން މި ވާރކްޝޮޕް ކުރިއަށް ގެންދިޔައީ ބެލެނިވެރިންނަށް ވެސް އެމީހުންގެ އަމިއްލަ ވާހަކަތައް ކުދިންނަށް ހުށަހަޅައިދޭނެ ގޮތާއި ކުދިންގެ ޝަޢުޤު ހޯދާނެ ގޮތްތައް ހިމަނައިގެން" އުޝާ ވިދާޅުވިއެވެ.
މި ވާރކްޝޮޕްގައި މައުލޫމާތު ދިނީ "ދަ ރީޑިންގ ރޫމް" ގެ މެމްބަރުންނެވެ.
އުޝާ ވިދާޅުވިގޮތުގައި މި ވާރކްޝޮޕުން ލިބުނު މައުލޫމާތު އަލީގައި އެ ސްކޫލްގެ " ރީޑިންގ ޕްރޮގްރާމް" ކުރިއަށް ގެންދަން ރާވަމުން އަންނަ ކަމަށެވެ.
މަޑިފުށީ ސްކޫލްގައި 230 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު