ފަސް ސްކޫލަކަށް ޕްރިންސިޕަލުން ހޯދަނީ

އަތޮޅުތެރޭގެ ފަސް ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ޕްރިންސިޕަލުން ހޯދަނީ، މ.އަތޮޅު ތަޢްލީމީ މަރްކަޒާއި، ސ. ހިތަދޫ ނޫރާނީ ސްކޫލާއި، ކ. ގުޅީ ސްކޫލާއި، ފ.ބިލެތްދޫ ސްކޫލާއި، ގއ.ކަނޑުހުޅުދޫ ސްކޫލަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ ސްކޫލްތަކަށް ހޯދަނީ އެއްވަނަ ރޭންކް ނުވަތަ ދެވަނަ ރޭންކަށް ޝަރުޠު ހަވާ ޕްރިންސިޕަލުންނެވެ. އެއްވަނަ ރޭންކުގެ ޝަރުޠެއް ކަމަށް ކަނޑައަޅާފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ. ނޫނީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ދެވަނަ ރޭންކުގެ ޝަރުޠެއް ކަމަށް ބުނެފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަވެފައިވާ ދާއިރާއަކިން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ. .
ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އެއްވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 16،647 ރުފިޔާއެވެ. އޭގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި 9،534 ރުފިޔާ ލިބެއެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބޭނެއެވެ.
ދެ ވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 17،985 ރުފިޔާއެވެ. އޭގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި 10،300 ރުފިޔާ ލިބެއެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 279 ރުފިޔާ ލިބޭނެއެވެ.
މި ފަސް ސްކޫލްގެ ޕްރިންސިޕަލް ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *