ދިވެހި ސަޤާފަތާއި އާދަކާދައަށް ލޯބި ޖެއްސުމުގެ ގޮތުން ނެއްލައިދޫ ސްކޫލުން އިންސްޓަގްރާމް ޗެލެންޖެއް ފަށައިފިއެވެ. މިއީ މިދިޔަ އަހަރުވެސް އެ ސްކޫލުން ކުރިއަށް ގެންދިޔަ ޗެލަންޖެކެވެ.
ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ރަޝީދު ވިދާޅުވީ، އިންސްޓަގްރާމްގައި ޗެލަންޖަކަށް ދާން ނިންމީ، ގިނަ މީހުންނަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ވާތީ، ޓެކްނިލޮޖީގެ ތެރެއިން ދިވެހިންގެ އާދަކާދަ ދައްކުވައިދިނުމުގެ ގޮތުންނެވެ.

" މީގެ ކުރިން މި ކުރާކަމީ ކުދިން މި އަންނަނީ ސަގާފީ ހެދުން ލައިގެން ހެދުމުގައި ސްކޫލަށް. ކުރާ ކަމެއް މި ކުރަނީ ސްކޫލްގައި. އޭގެ ބަދަލުގައި މިފަދަ ޗެލަންޖަކަށް ހުޅުވާލީމާ ކުރިން ނެތް އެތައް ހުނަރެއް ކުދިންނަށް އެބަ ހޯދޭ. ސަގާފީ އެ މަންޒަރު އެތައް ބަޔަކަށް އެބަ ފެނޭ، ކުދިންގެ މެދުގައި ޝަޢުޤު އިތުރު އެބަކުރެވޭ " އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންސްޓްރާ ގްރާމް ޗެލަންޖުގައި ބައިވެރިކުރާ ފޮޓޯތައް ހޮވަނީ ކަނޑައަޅާފައިވާ ވަކި އުޞޫލެއްގެ ތެރެއިން ކަމަށެވެ.
" ލިބޭ ކޮންމެ ކޮންމެ ފޮޓޯއެއް ސެލެކެޓެއް ނުކުރަން. އުޞޫލެއް ފެތޭ ސަޤާފަތް ދައްކުވައިދޭ ފޮޓޯތައް މި ލަނީ"

އިސްމާއިލް ވިދާޅުވި ގޮތުގައި ދަށް ގުރޭޑްތަކުގެ ކުދިންނަށް ބެލެނިވެރިންގެ އެހީއާއެކު މި ޗެލަންޖުގައި ބައިވެރިވި ނަމަވެސް މަތީ ގުރޭޑްތަކުގެ ދަރިވަރުން މަސައްކަތް ކުރަނީ އެކުދިން އަމިއްލައަށް ކަމަށެވެ. ފޮޓޯ ނަގައި އެޑިޓްކުރުން ފަދަ މަސައްކަތް ކުރަނީ އެކުދިން އަމިއްލައަށެވެ.
" މީގެ ސަބަބުން ކުދިންގެ އުފެއްދުންތެރި ޚިޔާލުތައް އެބަފެނޭ" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ އިންސްޓަގްރާމް ޗެލެންޖަށް އެ ސްކޫލުންގެ އިތުރުން އެހެން ސްކޫލްތަކުން ވެސް ޝަޢުޤުވެރިކަން އެބަހުރިކަމަށާއި އެ ޗެލަންޖާބެހޭ މައުލޫމާތު ބައެއް ސްކޫލްތަކުން ހޯދާފައިވާ ކަމަށެވެ.
" އެމީހުންނަށް ވެސް ކަމުދިޔަ ކަމަކަށް ވީ. މިފަދަ ޗެލަންޖަކަށް ހުޅުވާލީމާ" 300 އެންހާ ކުދިން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީ އަހަރަށްވުރެ މި އަހަރު ލިބުނު ފޮޓޯތައް މަދެވެ. އެ ފޮޓޯތަކުގެ ތެރެއިން ހޮވާލެވޭ 12 ފޮޓޯ ހިމަނައިގެން އެ ސްކޫލްގެ ދިރާސީ ކަލަންޑަރު ހަދަން ނިންމާފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
advertisment
ހިޔާލު