ކުވެއިތުގެ އަލްޖެރީން ހޯލްޑިންގ ގްރޫޕްން، ހުޅުމާލޭގައި އަޅާ ސްކޫލްގެ ބިންގާ އަޅައިފި

ކުވެއިތުގެ އަލްޖެރީން ހޯލްޑިންގ ގްރޫޕްން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސްކޫލްގެ ނަމަކީ " އަޖިއަލް ބައިލިންގުއަލް ސްކޫލް" އެވެ.

މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއާއި، ކުވެއިތުގެ އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ.

ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމުގައި ކުވެއިތުގެ އަލްޖެރީ ހޯލްޑިންގ ގްރޫޕާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. މި ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެއެވެ. މިއީ އިންގްލިޝް މީޑިއަމް ސްކޫލެކެވެ. އަދި މި ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭން ވަނީ ހަމަޖެހިފައެވެ.

1200 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް އިމާރާތް ކުރަނީ އާރުސީސީންނެވެ.

އަލްޖެރީ ހޯލްޑިންގ ގްރޫޕުން ކުވެއިތުގައި 20 އިންޓަނޭޝަނަލް ސްކޫލް ހިންގައެވެ. އަދި މި ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަޚުސިއްޔަތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *