މާލޭގެ ސްކޫލްތަކަށް އަމާޒުކޮށް ސްކޫލް ކައުންސިލިންގ އާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް

މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަމާޒުކޮށް، "އެޕްލައިޑް ސްކޫލް ކައުންސިލިންގ" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުން، ލީޑިންގ ޓީޗަރުން އަދި ސްކޫލް ކައުންސެލަރުން ހިމެނޭހެން ޖުމްލަ 32 ބޭފުޅުން ބައިވެރިވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވީ މެލޭޝިޔަން ބޯޑް އޮފް ކައުންސަލާސް ގައި ރެޖިސްޓަރވެފައިވާ ކައުންސަލަރ އަދި ކައުންސިލިންގ ދާއިރާގެ މާހިރެއް ކަމަށްވާ ކްރިސްޓޮފަރ ރާޖް އެންތަނީއެވެ.

ތާޖުއްދީން ސްކޫލުގައި އިއްޔެއާއި މިއަދު ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ކިޔަވައި ދެވުނު ބައިތަކުގެ ތެރޭގައި ސްކޫލް ކައުންސެލަރުންގެ ރޯލަކީ ކޮބައިކަމާއި، ވަކިވަކި އަދި ގްރޫޕް ކައުންސެލިން ސެޝަންތަކުގައި މަޝްވަރާ ކުރެވޭ ކަންކަމާއި އެފަދަ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ހުނަރުތައް، އަދި ކައުންސެލިން ދިނުމުގެ މަރުހަލާތަށް ވަކިވަކީން ތަފްސީލްކޮށް ބައިވެރިންނަށް ދަސްކޮށް ދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *