ސްކޫލްތަކުގައި ނަމާދުކުރުމަކީ ދީނީ ހަރުކަށި ފިކުރުގެ ކަމެއްގެ ގޮތިގައި ނުބަލާކަމަށާއި، ސްކޫލްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށާއި، އަދި އެކަމަށް ބާރުއަޅުއްވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ސްކޫލްތަކުގައި ނަމާދުކުރުމަކީ ހަރުކަށި ފިކުރަށް ދިއުމުގެ އަލާމާތެއް ކަމަށް ސިފަވާގޮތަށް އުނގޫފާރު ސްކޫލްގައި ކުރިއަށް ގެންދިޔަ ސެޝަންއެއްގައި މައުލޫމާތު ދިފައިވާތީ އެކަމާ ގުޅިގެން މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޤައުމީ މުޤައްރަރުގެ މައިގަނޑު އަސާސަކީ "ޕްރެކްޓިސިން އިސްލާމް" ނުވަތަ ދީނުގައިވާ ގޮތަށް އަމަލުކުރާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމެވެ. އަދި އޭގެ ތެރެއިން ކުރަމުންދަނީ ދިވެހި ގައުމަށް ލޯބިކުރާ ހުނަރުހުރި މައުލޫމާތު ހުރި ދަރިވަރެއް ބިނާކުރުމުގެ މަސައްކަތެވެ.
" ކަރިކިއުލަމްގެ ތެރެއިން އިސްލާމް ދީނަށް އަމަލުކުރާ ދިވެހި ގައުމަށް ލޯބިކުރާ ހުނަރުހުރި މައުލޫމާތު ހުރި ދަރިވަރެއް ބިނާކުރުމުގެ ކަންތައް ކުރަމުން މިދަނީ،" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ނަމާދު ކުރުމަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި، ސްކޫލްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށާއި، ސްކޫލްތަކުން ވެސް ނަމާދުކުރަން ބާރު އަޅުއްވައި އެކަމަށް ހިތްވަރުވެސް ދެއްވާ ކަމަށެވެ.
advertisment
ހިޔާލު