ވިލާ އިންޓަނޭޝަލް ހައި ސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަތުން ފީ ނަގަން ނިންމައި، ނަގާނެ ފީގެ އަދަދު އެ ސްކޫލުން ކަނޑައަޅައިފިއެވެ.
އަންނަ ދިރާސީ އާ އަހަރުން ފެށިގެން އެ ސްކޫލްގައި އޭލެވެލްއަށް ކިޔަވާ ކުއްޖެއްގެ އަތުން މަހަކު 3،600 ރުފިޔާގެ ފީއެއް ނަގާނެއެވެ. އެވަރުގެ ފީއެއް ނެގުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ. މިހާތަނަށް އެ ސްކޫލްގައި ކިޔަވަމުން ދިޔަ ކުދިންގެ ތެރެއިން ފަސް މާއްދާއިން މަތީން ފާސްވި ކުދިންނަށް ފީ ދައްކަމުންއައީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. އެއީ ދަރިވަރަކަށް މަހު 1،370 ރުފިޔާއެވެ. ފަސް މާއްދާއިން ދަށުން ފާސްވި ކުދިންނަށް މިހާރު ނަގަމުން އަންނަނީ މަހަކު 2،400ރުފިޔާއެވެ.
2010 ވަނަ އަހަރުން ފެށިގެން އޭލެވެލްއަށް ކިޔަވައިދެމުން އަންނަ ވިލާ ހައި ސްކޫލްގައި މިހާރު 700 އެންހާ ދަރިވަރުން ކިޔަވަމުންދާއިރު، އެ ސްކޫލަކީ ސީއެޗްއެސްސީ ފިޔަވައި މާލޭގައި އޭލޭވެލްއަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ.
advertisment
ހިޔާލު