ޑުސިޓް ތާނީ ރިސޯޓްގެ ފަރާތުން ބ. އަތޮޅު ސްކޫލްގެ ބީޓެކް ލެބުގައި ބޭނުން ކުރުމަށް ރެފްރިޖަރރޭޓަރެއް ހަދިޔާ ކޮށްފިއެވެ.
ބ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ނާޒްނީން އަބްދުﷲ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލްގެ ބީޓެކް ލެބް ތަރައްޤީ ކޮށްފައި ވަނީ ޑުސިޓް ތާނީ ރިސޯޓްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކަމަށާއި، އަބަދުވެސް އެމީހުންގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. މީގެ ކުރިން ވެސް އެ ރިސޯޓުން ވަނީ އެ ލެބަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައެވެ. ރެފްރިޖަރޭޓަރެއް ހަދިޔާ ކުރީ ބީޓެކް ލެބުގައި ބޭނުންކުރަމުންދިޔަ ރެފްރިޖަރޭޓަރ ހަލާވުމުންނެވެ.
" ޓްރެއިންތަކަށް ވެސް އަޅުގަނޑުމެންނަށް އަބަދުވެސް ވަރަށް ބޮޑު އެހީތެރިކަމެއް ޑުސިޓް ތާނީ ރިސޯޓުން ފޯރުކޮށްދެމުންދޭ" ނާޒްނީން ވިދާޅުވިއެވެ.
" މަރާމާތު ކުރަންޖެހުނަސް އެބޭފުޅުންގެ އެހީތެރިކަން ލިބެމުންދަނީ"
200 އެންހާ ދަރިވަރުން ކިޔަވަމުންދާ ބ. އަތޮޅު ސްކޫލްގެ ގުރޭޑް 9ން މަތީގެ ބީޓެކް ކުދިން އެ ލެބުގެ ބޭނުން ކުރެއެވެ. ލެބް ތައްޔާރު ކޮށްފައި ވަނީ ހައުސްކީޕިންއާއި، ކިޗަން، މެއިންޓެއިންސްއަށް ޚާއްޞަ ވޯކްޝޮޕަކާއި ކޮކްޓެއިލް ބާއަކާއި ކުލާސްރޫމްތައް ވެސް ހިމެނޭގޮތަށެވެ.
ނާޒްނީން ވިދާޅުވި ގޮތުގައި، އެ ލެބްގެ ބޭނުން ކައިރި ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
" ކައިރި ރަށްރަށުން އައިނަމަވެސް ލެބް ބޭނުން ކުރުމުގެ ފުރުޞަތު އަޅުގަނޑުމެން ދެން"
advertisment
ހިޔާލު