ރ. އަތޮޅު ތަޢުލީމީމަރުކަޒުގައި ދެ ފަންގިފިލާގެ އިމާރާތެއް، އަފީދުއްދީން ސްކޫލްގައި ތިން ފަންގިފިލާގެ އިމާރާތެއް އަޅަން ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.
ރ. އަތޮޅު ތަޢުލީމީމަރުކަޒުގައި ދެ ފަންގިފިލައަށް އިމާރާތެއް އަޅަން ހަވާލުކުރީ ބަދަހި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުނިން މި މަސައްކަތް ކުރަނީ 8.3 މިލިއަން ރުފިޔާއަށެވެ.
ކުޅުދުއްފުށީ ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލްގައި ތިން ފަންގިފިލައަށް އިމާރާތެއް ކުރަން ހަވާލުކުރީ ވެންޒާ ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑާއެވެ. 365 ދުވަހުގެ ތެރޭގައި އެކުންފުނިން މި މަސައްކަތް ނިންމަން އެއްބަސްވެފައި ވަނީ 7.6 މިލިއަން ރުފިޔާއަށެވެ.
ނ. މާފަރު ސްކޫލްގައި ހަތަރު ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ވެސް ބަޔަކާ މިއަދު ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ 20.6 މިލިއަން ރުފިޔާއަށެވެ.
advertisment
ހިޔާލު