ސްޓޫޑެންޓް ލޯން ލިބުނު ދާއިމީ ލިސްޓުން 60 ކުދިންނަށް އިތުރަށް ފުރުޞަތު ދީފިއެވެ. ވަގުތީ ލިސްޓް އާންމުކުރިއިރު، މަތީ ތައުލީމަށް ހުށަހެޅި 1000 މީހުންގެ ތެރެއިން ފުރުޞަތު ދިނީ 393 ފަރާތަކަށެވެ. ދާއިމީ ލިސްޓް މިއަދު އާންމު ކުރިއިރު، ހުށަހެޅި ޝަކުވާތަކަށް ބަލައި، އިތުރު 60 ފަރާތަކާއެކު ޖުމްލަ 453 ފަރާތަކަށް ވަނީ ލޯންލިބުނުކަން ކަށަވަރުވެފައެވެ.
މިއަހަރު މާރޗް މަހު އިއުލާންކުރި 720 ފުރުޞަތުގެ ތެރެއިން 379 ފަރާތަކީ އަލަށް ކިޔަވަން ހެށަހެޅި ފަރާތްތަކެވެ. މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ތެރެއިން ލޯން ލިބުނީ 74 ދަރިވަރަކަށެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ޕައިލެޓްކަމާއި ޑޮކްޓަރީކަމާއި ޕީއެޗްޑީ ހަދަން ހުށަހެޅި ދަރިވަރުން ފިޔަވައި ހުރިހާ ދާއިރާތަކުން ޝަރުތު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދީފައިވާނެ ކަމަށެވެ. އެ ތިން ދާޢިރާއިން ކުރިމަތިލައި، ޝަރުޠު ހަމަވި ނަމަވެސް ލޯން ނުލިބުނީ، އެ ދާއިރާތަކަށް ޚާއްޞަ ކުރި ސްލޮޓްތަކަށްވުރެ އިތުރަށް ހުށަހެޅުމުންނެވެ.
advertisment
ހިޔާލު