މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމަށްދާން ޝަޢުގުވެރިކަމެއް ނެތް

މަތީ ތައުލީމަށް އަމާޒުކޮށް ހުޅުވާލި ލޯން ފުރުޞަތަށް މަސްވެރިކަމާއި ދަނޑުވެރުކަމުގެ ދާއިރާއިން ކުރިއަށްދާން އެއްވެސް ފަރާތަކުން ލޯނަށް ކުރިމަތިލާފައި ނުވާކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މާރޗް މަހު އިއުލާން ކުރި 720 ފުރުޞަތުގެ ތެރޭގައި ހިމެނޭ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއާއި ކެއަރ އޮފް އެލްޑަލީ އެންޑް ޑިސްއޭބަލް އެޑަލްޓް ކޯހަށް އެއްވެސް ފަރާތަކުން ކުރިމަތިނުލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައި ވަނީ ކިޔަވަން އިންޓްރެސްޓް ހުންނަ ދާއިރާތަކާއި ޤައުމަށް އެންމެ ބޭނުންތެރި ދާއިރާތަކާ ފުށުއެރުންތަކެއް ހުރި ކަމަށެވެ. މިސާލެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރައްވާފައި ވަނީ ލޯން ފުރުޞަތަށް ހުޅުވާލި ނަމަވެސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔަވަން ތަރުޙީބު ނުލިބުމެވެ.

" އެންމެ އެޕްލިކޭޝަނެއް ވެސް އަޅުގަނޑުމެންނަށް ނުލިބޭ" ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.

ލޯނު ފުރުޞަތަށް އެދި އެންމެ ގިނަ ބަޔަކު ހުށަހެޅާފައި ވަނީ ޕައިލެޓްކަން ކިޔެވުމަށާއި ޑޮކްޓަރީކަން ކިޔެވުމަށެވެ. އެ ދެ ދާއިރާގެ ތެރެއިން ފުރުޞަތު ލިބުނީ މަދު ދަރިވަރުންނަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *