އަންނަ ދިރާސީ އާ އަހަރު، ސްކޫލްތަކުގައި ސްޓްރީމް ކިޔަވާ ދިނުމާ ގުޅޭ މިންގަނޑު ކަނޑައަޅައި އެ މިންގަނޑު ސްކޫލްތަކަށް ވަނި ފޮނުވާފައެވެ.
ސްކޫލްތަކުގެ ވެރިންނަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް އާޞިފް ރަޝީދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، ސާނަވީ މަރުޙަލާގައި ސްޓްރީމާއި އިޚްތިޔާރީ މާއްދާ ކަނޑައެޅުމުގައި އަމަލުކުރަމުންދާ 34/2017 ނަމްބަރު އުޞޫލާއި 22/2018 ނަމްބަރު އުޞޫލު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާތީ މި އަހަރު ފަހުކޮޅު ފެށޭ ދިރާސީ އާ އަހަރު ސްޓްރީމް ކަނޑައެޅުމުގައި ބޭނުންކުރާނީ އެ ދެ އުޞޫލުން ކަނޑައަޅާފައިވާ މިންގަޑުތައް ކަމަށެވެ.

ސްޓްރީމް ކަނޑައެޅުމަށްޓަކައި މިހާރު ގުރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ސްޓްރީމް ސިކެކްޝަން އޮރިއެންޓޭޝަނެއް ބާއްވަންވާނެ ކަމަށާއި، އެ ބައްދަލުވުމަށްފަހު، ސްޓްރީމް ސިލެކްޝަން ފޯމް އެޑިޔުކޭޝަން މިނިސްޓްރީއަށް 31 މެއި 2022 ގެ ކުރިން މެއިލް ކުރުމަށް އެ ސިޓީގައި އެދިފައިވެއެވެ.
ދިރާސީ އާ އަހަރު ސްޓްރީމް ކަނޑައެޅުމާ ގުޅޭގޮތުން އެ ސިޓީގައި ކަނޑައަޅާފައިވާ މިންގަނަޑުގައި ބުނެފައި ވަނީ:
1- ކޯ މާއްދާތަކުގެ ގޮތުގައި އޮންނާނީ ގުރުއާން، އިސްލާމީ ތަރުބިއްޔތު، ދިވެހި ބަސް، އިންގްލިން ސެކަންޑް ލެންގުއޭޖް އަދި މެތެމެޓިކްސް.
2- ސައިންސް ސްޓްރީމްގައި އޮންނާނީ ފިޒްކްސް އަދި ކެމިސްޓްރީ.
3- ބިޒްނަސް ސްޓްރީމުގައި އޮންނާނީ އެކައުންޓިންގ އދި ބިޒްނަސް ސްޓަޑީޒް.
4- އާޓްސް ސްޓްރީމުގައި އޮންނާނީ ހިސްޓްރީ އަދި ޖިއޮގްރަފީ.
5- ބީޓެކްގައި ކިޔަވައިދޭނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރުގެ ކޯސްތަކުގެ ތެރެއިން ސްކޫލުގައި ހިންގުމަށް ހުއްދަ ދެވިފައިވާ ކޯސް ނުވަތަ ކޯސްތަކެވެ. ބީޓެކް ކޯސްތަކުގައި ބައވެރިވާ ދަރިވަރުންގެ އދަދު 10 އަށްވުރެ އިތުރުނަމަ، ބީޓެކް ގެ 1 ށް ވުރެ ގިނަ ކޯސް ހިންގިދާނެއެވެ. އަދި ކޮންމެ ކޯހެއްގައި މަދުވެގެން 5 ދަރިވަރުން ތިބެންވާނެއެވެ.
6- އިލެކްޓިވް މާއްދާގެ ގޮތުގައި އޮންނާނީ ބައޮލޮޖީ، އިކޮނޮމިކްސް، މެރިން ސައިންސް، ކޮމްޕިއުޓަރ ސައިންސް، ޓްރެވަލް އެންޑް ޓޫރިޒމް ސްޓަޑީޒް، އާޓް އެންޑް ޑިޒައިން އަދި އިންގްލިޓ ލިޓްރޭޗަރއެވެ.

7- ކޮމްބައިންޑް ސްޓްރީމް އޮންނަ ސްކޫލުތަކުގައި ކިޔަވައިދޭނީ ތިރީގައިވާ ކޮންމެވެސް އެއް ކޮމްބިނޭޝަނެކެވެ.
- ކެމިސްޓްރީ، ފިޒްކްސް، އެކައުންޓިންގ، ބިޒްނަސް ސްޓަޑީޒް
- ކެމިސްޓްރީ، ފިޒިކްސް، އެކައުންޓިންގ، އިކޮނޮމިކްސް
- ކެމިސްޓްރީ، ބައޮލޮޖީ، އެކައުންޓިންގ، ބިޒްނސް ސްޓަޑީޒް
- ކެމިސްޓްރީ، ބައޮލޮޖ، އެކައުންޓިންގ، އިކޮނޮމިސް
8- ނޯމަލް ސްޓްރީމްގައި ކިޔަވާ ދަރިވަރުން ނަގާނީ ކޯ މާއްދާގެ 5 މާއްދާއާއި ސްޓްރީމް ދެ މާއްދާއާއި އެ ސްކޫލެއްގައި އޮންނަ އިލެކްޓިވް މާއްދާތަކުގެ ތެރެއިން ދެ މާއްދާއާއެކު ޖުމްލަ 9 މާއްދާއެވެ. އަދި ނޯމަލް ސްޓްރީމް އޮންނަ ސްކޫލުތަކުގައި ކޮމްބައިންޑް ސްޓްރީމެއް ނޯންނާނެއެވެ.
9- ބީޓެކް ކިޔވާ ދަރިވަރުން ނަގާ ކޯ މާއްދާގެ 5 މާއްދާއާއި އެ ސްކޫލެއްގައި އޮންނަ ބީޓެކް ކޯސް ތަކުގެތެރެއިން ކޮންމެވެސް 1 ކޯހެކެވެ. ބީޓެކް ކިޔަވާ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދޭ އިގްތިޔާރީ މާއްދާތަކުގެ ތެރެއިން އިތުރު އެއް މއްދާ އިޚްތިޔާރު ކުރެވިދާނެއެވެ.

10- ކޮމްބައިންޑް ސްޓްރީމް އޮންނަ ސްކޫލްތަކުގައި ކިޔަވައިދޭނީ ކޯ މާއްދާގެ ފަސް މާއްދާއާއި އެންމެ ގިނަ ދަރިވަރުން ނަގާ ކޮންމެވެސް އެއް ކޮމްބިނޭޝަނުގައި ހިމެނޭ ހަތަރު މާއްދާއެވެ. އެއްވެސް ސްކޫލެއްގައި މިކްސްޓް ކޮމްބިނޭޝަނެއް ނުހެދޭނެއެވެ.
ސާނަވީ މަރުޙަލާގައި ސްޓްރީމް ކަނޑައެޅުމުގައި ބަލާނެ މިންގަނޑު
- ގުރޭޑް އަށެއް ނިންމާ ދަރިވަރުންގެ އަދަދު 20 އަށްވުރެ މަދުނަމަ އެ ސްކޫލެއްގައި ކިޔަވައިދޭނީ ކޮމްބައިންޑް ސްޓްރީމަށެވެ.
- ގުރޭޑް އަށެއް، ނިންމާ ދަރިވަރުންގެ އަދަދު 20 އާއި 40 އާ ދޭތެރޭގައި ތިބިނަމަ ކިޔަވައިދޭނީ ބިޒްނަސްއާއި ސައިންސް ސްޓްރީމްގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ސްޓްރީމެކެވެ.
- ގުރޭޑް އަށެއް، ނިންމާ ދަރިވަރުންގެ އަދަދު 40އާއި 60 އާ ތެރޭގައި ނަމަ ކިޔަވައިދޭނީ ބިޒްނަސް ނޫނީ ސައިންސް ސްޓްރީމްގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިޚްތިޔާރުކުރާ އެއް ސްޓްރީމެކެވެ. ދެ ސްޓްރީމަށް ކިޔަވައިދޭނަމަ ސްޓްރީމެއްގައި މަދުވެގެން 10 ދަރިވަރުން ތިބެން ވާނެއެވެ.
- ގުރޭޑް އަށެއް ނިންމާ ދަރިވަރުންގެ އަދަދު 60އަށްވުރެ މަތި ނަމަ ކިޔަވައިދޭނީ ސައިންސް ބިޒްނަސް އަދި އާޓްސް ސްޓްރީމް ނުވަތަ އެންމެ ގިނަ ދަރިވަރުން އިޚްތިޔާރުކުރާ ސްޓްރީމް ތަކަށެވެ. މިގޮތުން އެއް ސްޓްރީމަށް ވުރެ ގިނަ ސްޓްރީމަށް ކިޔަވައިދޭނަމަ ސްޓްރީމެއްގައި މަދުވެގެން ދިހަ ކުދިން ތިބެންވާނެއެވެ.

އިޚްތިޔާރީ މާއްދާތައް ބެލުމުގައި ބަލާނެ މިންގަނޑު
- ކޮންބައިން ސްޓްރީމަށް ކިޔަވައިދޭ ސްކޫލުތަކުގައި އިހްތިޔާރީ މާއްދާއެއް ނޯންނާނެއެވެ.
- އެއް ސްޓްރީމް އޮންނަ ސްކޫލުތަކުގައި އިޚްތޔާރީ މާއްދާގެ ގޮތުގައި ކިޔަވައިދޭނީ އިލެކްޓިވް މާއްދާތަކުގެ ގޮގުގައި ކަނޑައަޅާފައިވާ އިމްތިޔާރީ މާއްދާތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިޚުތިޔާރު ކުރާ ދެ މާއްދާއެކެވެ.
- ދެ ޓްރީމް އޮންނަ ސްކޫލުތަކުގައި އިޚްތިޔާރީ މާއްދާގެ ގޮތުގައި ކިޔަވައިދެވޭނީ އިލެކްޓިވް މާއްދާތަކުގެ ގޮގުގައި ކަނޑައަޅާފައިވާ އިގްތިޔާރީ މާއްދާތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިޚްތިޔާރުކުރާ ކޮންމެވެސް ހަތަރު މާއްދާއެކެވެ.
- ދެ ސްޓްރީމް ނުވަތަ އެއަށްވުރެ ގިނަ ސްޓްރީ އޮވެފައި، ކީސްޓޭޖް 4 ގެ ދަރިވަރުންގެ އާބާދީ 120 އަށްވުރެ އިތުރު ނަމަ އިޚުތިޔާރީ މާއްދާއެއްގެ ގޮތުގައި ކިޔަވައިދެވޭނީ އިލެކްޓިވް މާއްދާތަކުގެ ގޮގުގައި ކަނޑައަޅާފައިވާ އެންމެ ގިނަ ދަރިވަރުން އިޚްތިޔާރު ކުރ ހަ މާއްދާއެކެވެ.
ގުރޭޑް ނުވައެއްގައި ދަރވަރުންގެ ސްޓްރީމް ކަނޑައެޅުމަށްޓަކައި މިހާރު ގްރޭޑް 8 ގައި ކިޔވަމުންދާ ދަރިވަރުންނަށް ސްޓްރީމް ކިން އޮރިއެންޓޭޝަން ބާއްވަންވާނެއެވެ. މި ޕޮރޮގްރާމް ހިންގާއިރު، ސްކޫލުގައި ތިބި ޓީޗަރުންނާއި ލިބެންހުރި ވަސީލަތްތަށް ރިއާޔތްކޮށް، ސްކޫލުން އޮފަރ ކުރެވޭނެ މާއްދާތަކާއި އޮފަރ ނުކުރޭވެނެ މާއްދާތަކުގެ މަޢުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދޭންވާނެއެވެ.
ސްޓްރީމް، އިޚްތިޔާރީ މާއްދާ އަދި ދަރިވަރުންގެ އަދަދުތައް ވަކިގޮތަށް ބަޔާންކޮށްފައި ވީނަމަ ވެސް ވަކިވަކި ތަކުގެ ޙާލަތާއި ގާއިމުކުރެވިފައިވާ ވަސީލަތްއި ދަރިވަރުންނަށް ފުރުސަތުތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނޭ ގޮތަށް ސްޓްރީމް، އިމްތިޔާރީ މާއްދާ އަދި ދަރިވަރުންގެ އަދަދުތައް ކަނޑައެޅުމުގެ އިހްތިޔާރު އެޑިޔުކޭޝަން މިނިސްޓްރީއަށް ލިބިފެންވާ ކަމަށް މި މިންގަނޑުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު