ގާފަރު ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަކީ ޔައިޝްއާއި ރަފާ

މާލެ އަތޮޅު ގާފަރު ސްކޫލްގެ ފާއިތުވި ދެ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް އަޙްމަދު މިހާދެވެ.

2019 ވަނަ އަހަރު، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މުޙައްމަދު ޔައިޝް އަސްލަމެވެ. 2020-2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ ޢާއިޝަތު ރަފާއެވެ.

ސީނިއަރ ޕެޓްރޯލް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ޔައިޝްވަނީ އެ އަހަރު އެންމެ މޮޅު ސްކައުޓް މަގާމްވެސް ހޯދާފައެވެ. ރަފާ ވެސް ވަނީ އެންމެ ރަނަގަޅު ސްކައުޓްގެ މަގާމް ހޯދާފައެވެ. އަދި ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ގާފަރު ސްކޫލުން ހިމެނުނު ހަމައެކަނި ދަރިވަރަކީ ވެސް ރަފާއެވެ.

މި ޖަލްސާގައި ޝަރަފްވެރި މެޙްމާން ދެއްކެވި ވާހަކަފުޅުގައި ކިޔަވާ ކުދިން، ކިޔެވުމުގައި ޢަމަލުކުރަންޖެހޭ މުޙިންމު ކަންކަމުގެ މައްޗަށް އަލި އަޅުވާ ލެއްވިއެވެ. އަދި މުދައްރިސުންގެ އުނގަންނައި ދިނުމުގައި ދަރިވަރުންނާމެދު ޢަމަލުކުރަންވީ މުޙިންމު ކަންކަން ފާހަގަ ކުރެއްވިއެވެ.

މި ޖަލްސާގައި ސްކޫލްގެ ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި އެންމެން ގުޅިގެން ސްކޫލްގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިގޮތުގައި ސާބިތުވެ ތިބުމަށް ގޮވާލައްވާފައިވެއެވެ.

މި ޖަލްސާގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއި މުއައްޒަފުން އަދި ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *