ފާއިތުވި ދެ ހުޅުދުއްފާރު ސްކޫލްގެ އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ.
2019 ވަނަ އަހަރު ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަހުމަދު ޒައިދެވެ. މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ރިޞްވާން ޝަރީފެވެ. 2020-2021 ވަނަ އަހަރު ސާވަނީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އާމިނަތު ވަހުދާއެވެ. މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކީ އަހުމަދު ސުޖާއުއެވެ.

ރިޞްވާން ވަނީ މަތީ ސާނަވީން 2019 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ ހޯދާފައެވެ. 2020-2021 ވަނަ އަހަރު، މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގައި ހުޅުދުއްފާރު ސްކޫލްގެ ދެ ދަރިވަރުން ހިމެނުނުއިރު، އޭގެ ތެރެއިން އެއް ދަރިވަރަކީ ސުޖާއުއެވެ. ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ސުޖާއު ހޯދިއިރު، އެ ސްކޫލްގެ މުޙައްމަދު މާހިލް ވެސް ވަނީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައެވެ. 2020-2021 ވަނަ އަހަރު ސާނަވީން އެއްވަނަ ހޯދި ވަހުދާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ފަސްވަނަ ހޯދާފައެވެ.

ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީއަށް، ހުޅުދުއްފާރު ސްކޫލްގައި 350އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު