ޕްލާސްޓިކް ކޮތަޅު ދޫކޮށް ފޮތިކޮތަޅަށް ކުދިން އަހުލުވެރި ކުރުމަށް ލަންދޫ ސްކޫލުން ފޮތިކޮތަޅު ތައްޔާރު ކުރުމުގެ މުބާރަތެއް ބާއްވައިފިއެވެ.
ޕާލޭ އެއަރ ޗެލަންޖްގެ ބައެއްގެ ގޮތުގައި އެ ސްކޫލްގެ ތިމާވެށި ކުލަބުން މި މުބާރާތް ކުރިއަށް ގެންދިޔައީ ކީ ސްޓޭޖް އެކެއް، ދޭއްގެ ދަރިވަރުންނަށެވެ. ގެއިން ތައްޔާރުކޮށްގެން ގެނައި ކޮތަޅުތައް އެކުދިން ޑިޒައިން ކުރީ ކުލާހުގައެވެ.
" އެކުދިން އަމިއްލަ ޑިޒައިންތަކެއް ހަދަން ދޫކޮށްލީ" ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު އަބްދުއްރަހީމް ވިދާޅުވިއެވެ.

" ފިހާރައަކުން އެއްޗެއް ގަތް ނަމަވެސް، ސްކޫލަށް އެއްޗެއް ގެންނަން ޖެހުނަސް މީފެ ފަހުން އެކުދިން ބޭނުން ކުރާނީ އެ ކޮތަޅު. ޕްލާސްޓިކް ކޮތަޅެއް ބޭނުމެއް ނުކުރާނެ"
ކޮންމެ ކުލާހަކުން ވެސް އެންމެ ރީތި ކޮތަޅު ހޮވައި، އެ ތައްޔާރު ކުރި ކުއްޖަކަށް އިނާމް ވަނީ ދީފައެވެ. މިއީ ކުދިންގެ ހުނަރު ދައްކާލަން ވެސް ލިބުނު ފުރުޞަތެކެވެ.
ދުވިސައްތައެންހާ ކުދިން ކިޔަވަމުން ގެންދާ ލަންދޫ ސްކޫލުން ވަނީ ޕާލޭ އެއަރޗެލަންޖް ޖެހިޖެހިގެން ދެ އަހަރު ކާމިޔާބުކޮށް އިނާމް ވެސް ޙާޞިލްކޮށްފައެވެ.
advertisment
ހިޔާލު