ފިޔަވަތި ކުދިންނާއިއެކު ކޮއްކޮމެން ޕްރީ ސްކޫލު ކްރޮސްރޯޑަށް!

ފިޔަވަތި ކުދިންނާއިއެކު ކޮއްކޮމެން ޕްރީ ސްކޫލު ކްރޮސްރޯޑަށް ޒިޔާރަތްކޮއްފިއެވެ.

ކޮއްކޮމެން ޕްރީ ސްކޫލުން އިސްނަގައިގެން ހުޅުމާލެ ފިޔަވަތި ކުދިންނާއި އެކު ކްރޮސްރޯޑަށް ކުރި މިދަތުރަކީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރި ދަތުރެއް ކަމަށާއި މޫސުން ގޮސްވުމުގެ ސަބަބުން ދަތުރު ލަސްކުރީކަމަށް ކޮއްކޮމެން ޕްރީ ސްކޫލުން ހާމަކުރެއެވެ.

"މިދަތުރުގައި އަޅުގަނޑުމެން ވާނީ ތަފާތު ހަރަކާތްތަށް ހިންގާފައި. ކިޔެވުމާއި ގުޅޭ ހަރަކާތްތަކުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދެވުނު. މިދަތުރު ފުރިހަމަވީ ހުޅުމާލެ ފިޔަވަތި ކުޑަކުދިންގެ ހިޔާގެ ކުދިން ބައިވެރިވީމަ. މިހަރަކާތަށް ބެލެނިވެރިންގެ ފަރާތުންވެސް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައި." ކޮއްކޮމެން ޕްރީ ސްކޫލުގެ ޕްރިންސިޕަލް ޟާބިރާ އަހްމަދު ވިދާޅުވިއެވެ.

"މިދަތުރަކީ ކްރޮސްރޯޑުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކު ކުރިއަށް ދިޔަ ދަތުރެއް. އަދި ޖަލްބޫޓް ކޮމްޕެނީ އާއި އެމްޓީސީސީގެ އެހީތެރިކަންވެސް މިދަތުރު ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު." ކަމަށް ޟާބިރާ އިތުރަށް ވިދާޅުވިއެވެ.

ދަތުރުގެ ބައިވެރިވި ބެލެނިވެރިއެއް ވިދާޅުވީ "މާލެގެ ހާސްކަމުން ނުކުމެ މިކަހަލަ ދަތުރެއް ކުރުމުން ދަރިންތައް ތިބީ ވަރަށް އުފަލުން. މޫނުމަތިން ފެނުނީ އުފާވެރިކަން." ކަމަށެވެ.

ކްރޮސްރޯޑަށް ކުރި ދަތުރުގައި ޖުމްލަ 276 ފަރާތުން ބައިވެރިވިއެވެ. އެއީ ފިޔަވަތިގެ ފަރާތުން 144 ކުދިންނާއި ކޮއްކޮމެން ޕްރީ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ 132 ފަރާތުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *