ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ބުރެއިލް ޓްރެއިނިންގ ނިންމާލައިފިއެވެ.
މިއީ ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަނާއި ރެކޯ މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނު ފްރޮގްރާމެކެވެ.
ނުވަ ދުވަހަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އަމަލީގޮތުން ތާނަ ބްރެއިލް ބޭނުންކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
އިންކުލޫސިވް އެޑިޔުކޭޝަނުން ބުނީ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ޓީޗަރުންގެ ތެރޭގައި ޝާމިލުވެށި ޕްރޮޖެކްޓްގެ ސްކޫލްތަކުގެ ޓީޗަރުން ވެސްބައިވެރިކޮށްފައިވާ ކަމަށެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަހްމަދު އަލީއެވެ.
advertisment
ހިޔާލު