ސްކޫލްތަކުގައި ޓީބީ ފެތުރެމުން ނުދޭ: އެޑިޔުކޭޝަން

ގުޅީ ސްކޫލުން ސާނަވި އިމްތިޙާނުގައި ބައިވެރިވަ ދަރިވަރުން އިމްތިޙާނު ހޯލުގައި: ހުރިހާ ސްކޫލްތަކުން ވަނީ ސާނަވީ އިމްތިޙާނަށް ދުރާލާ ތއްޔާރުވެފައި- ފޮޓޯ ގުޅީ ސްކޫލް

ސްކޫލްތަކުގައި ޓިބީ ފެތެރެމުންދާ ކަމަށް ދެކެމުންދާ ވާހަކަ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ދޮގުކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެންދާ ޓީބީ އެލިމިނޭޝަން ޕްރޮގްރާމްގެ ދަށުން ދޭތެރެދޭތެރެއިން ދަރިވަރުން ސްކްރީން ކުރާ ކަމަށާއި، އެގޮތަށް ޓެސްޓްކުރާއިރު، މަދުން ނަމަވެސް އެކި އުމުރުގެ ދަރިވަރުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތަށް ކުރިއަށް ގެންދާ ސްކްރީނިން ޕްރޮގްރާމާ ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގައި ޓީބީ ބަލި ފެތުރެމުންދާ ކަމަށް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދު ވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށެވެ.

އެޑިޔުކޭޝަނުން ބުނީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *