މަދިރި ހޯހޯ ކެމްޕޭނުގެ ދަށުން ރަށް ސާފުކުރުމަށް ކުރިއަށް ގެންދިޔަ ބޮޑު ހަރަކާތުގައި ގދ. ތިނަދޫ ސްކޫލްތަކުން ބައިވެރިވެއްޖެއެވެ. " މަދިރި ހޯހޯ ރަށް ސާފުކުރަން ރަށުގެ ރައްޔިތުން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ތިނަދޫގެ މުއައްސަސާތަކާއި ރައްޔިތުން ވެސް ބައިވެރިވިއެވެ.


މި ހަރަކާތް ކުރިއަށް ގެންދިޔައީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިސްނެގުމުގެ މަތިންނެވެ. މިއީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން، ރަށުގެ އެކި ސަރަހައްދުގައި އުދިފައިވާ ކުންޏާއި ފެންހެދިފައި ހުންނަ ތަންތަނުގައި މަދިރި އާލާ ނުވާނެ ގޮތްވަނީ ހަދާފައެވެ.
advertisment
ހިޔާލު