ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރާނެ ފަރާތްތައް ރަޖިސްޓްރީވާން ހުޅުވާލައިފި

2022-2023 ގެ ދިރާސީ އާއަހަރު، ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރާނެ ފަރާތްތައް ރަޖިސްޓްރީ ވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މިނިސްޓްރީން ދޫކުރާ ވައުޗަރަށް ކުރެޑިޓަށް ތަކެތި ދޫކުރަންބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމުން އަންނަ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ކުރީ އަހަރު ވައުޗަރަށް ތަކެތި ދޫކުރި ފަރާތްތަކުން ވެސް ރަޖިސްޓްރީވާންޖެހޭނެ ކަމަށެވެ.

ވައުޗަރަށް ސްޓޭޝަނަރީއަށް ބޭނުންވާ ތަކެތި ދޫކުރަނީ ކޮންމެ ގުރޭޑަކަށް، އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓެއްގައެވެ.

ސަރުކާރު ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީޒް ދެނީ ސަރުކާރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *