ރާއްޖޭގައި މަތީ ތަޢުލީމުގެ ކޯސްތައް ހިންގަމުން އަންނަ އެމްއައި ކޮލެޖުން ކުރިއަށް ގެންދާ ސާވޭއެއްގައި ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ކަނޑައަޅައިފިއެވެ.
މިއީ އެ ކޮލެޖުގެ ކޯސްތައް ކުރިމަގުގައި ބައްޓަންކުރާނެ ގޮތް ދެނެގަތުމަށް، އޮންލައިންކޮށް ކުރިއަށް ގެންދާ ސާވޭއެކެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސާވޭގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް އަންނަ ފަރާތަކަށް އައިފޯން 13 ޕްރޯއެއް، ދެވަނައަށް އައިޕެޓް ބްރޯއެއް، ތިންވަނައަށް އެއަރ ޕޮޑެއް ދޭން ވަނީ ނިންމާފައެވެ.
މި ސާވޭގެ ސަބަބުން، އެ ކޮލެޖުންދޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް އެހީއަކަށް ވާނެ ކަމަށް އެމްއައި ކޮލެޖުން ބުނެއެވެ.
advertisment
ހިޔާލު