ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެމްއޭސީއެލްއިން ކެރިއާ އެކްސްޕޯއެއް ފަށައިފި

ތާޖުއްދީން ސްކޫލްގެ ދަރިވަރުން އެއަރޓްރެދފިކް ކޮންޓްރޯލް ޓަވަރުގައި- މިފަދަ އެކްޕޯގެ ސަބަބުން ދަރިވަރުންނަށް ކުރިއަށްދާނެ ދާއިރާތައް ދެނެގަންނަން ފަސޭހަވޭ- ފޮޓޯ: އެމްއޭސީއެލް

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ކެރިއާ އެކްސްޕޯއެއް ފަށައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މި އެކްސްޕޯގެ ބޭނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އޭވިއޭޝަން ދާއިރާ އިން ކުރިއަށް ދެވެން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމެވެ.

އެމްއޭސީއެލްއިން ވަނީ މި އެކްސްޕޯއެއްގެ ތެރެއިން، އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެއާޕޯޓު ހިންގުމުގައި އެކުންފުނީގެ ދައުރާއި އެއާޕޯޓުގެ ޓްރެފިކް ކޮންޓްރޯލާއި ރަންވޭ އާއި އިމަޖެންސީގައި ކަންކުރާ ގޮތާގުޅޭ މުހިންމު މައުލޫމާތު ދަރިވަރުންނަށް ދީފައެވެ.

ދިގު މުއްތަކަށް ކުރިއަށް ގެންދާ މި އެކްޕޯގައި މިއަދު ޚާއްޞަ ކުރީ ބިލަބޮންގް ހައި އިންޓަނޭޝަލް ސްކޫލާއި ތާޖުއްދީނު ސްކޫލްގެ ދަރިވަރުންނަށެވެ. 38 ދަރިވަރަކު މިއަދު ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *