ދ. ރިނބުދޫ ސްކޫލްގެ ފާއިތުވި ދެ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައިވާއިރު، އެ ދެ އަހަރުގެ އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ. 2019 ވަނަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، ފާތިމަތު ރައިޝާ ރަޝާދެވެ. 2020 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަހްމަދު ޝާހިލްއެވެ.
ޝާހިލް ވަނީ ސާނަވީ އިމްތިޙާނުގައި، އެއް އޭ ސްޓާއާއި ފަސް އޭއާއި އެއް ބީގެ އިތުރުން އެއް ސީ ހޯދާފައެވެ. ރަޝާވަނީ ސާނަވި އިމްތިޙާނުގައި ހަތަރު އޭ ސްޓާ އެއް އޭގެ އިތުރުން ތިން ބީ ހޯދާފައެވެ. ރައިޝާއާއި ޝާހިލްއަކީ ފާއިތުވި ދެ އަހަރު އެ ސްކޫލްގެ ކެޕްޓަނުންނެވެ.
ރިނބުދޫ ސްކޫލުން ބުނީ، ހެޑް ޕްރިފެކްޓްކަމާއި އަލިމަސް ހައުސް ގެ ކެޕްޓަނެއްގެ މަގާމު ފުރާފައިވާ ރައިޝާ އަކީ ފޮތް ކިޔުމާއި އާޓް ވޯކަށް ލޯބި ކުރާ އަދި މުޅި ސްކޫލް ދައުރުގައި ވެސް ތައުލީމީ ގޮތުން ފާހަގަ ކޮއްލެވޭ ދަރިވަރެއް ކަމަށެވެ. ރައިޝާ ވަނީ 2019 ވަނަ އަހަރުގެ ޤައުމީ ގަދަ ދިހައެއްގެ އަށްވަނައިގައި ހިމެނިފައެވެ.
2020 ވަނަ އަހަރު އެ ސްކޫލް ގެ ކެޕްޓަން މަޤާމާއި އަލިމަސް ހައުސް ގެ ކެޕްޓަން ކަމުގެ މަޤާމު ޝާހިލް އަދާކޮށްފައިވާ ކަމަށް ރިނބުދޫ ސްކޫލުން ބުނެއެވެ.
ރިނބުދޫ ސްކޫލުން ބުނީ އެ ސްކޫލުން ހޯދަމުންދާ ކާމިޔާބީތައް އެއް އަހަރުން އެނެއް އަހަރަށް މަތިވަމުން އަންނަކަމާއި، ފާއިތުވި ދެ އަހަރު ފާސްވި ރޭޓް ސައްތައިން ސައްތައިގައި ހިފެހެއްޓިފައިވާ ކަމަށެވެ.
advertisment
ހިޔާލު