ތަޢުލީމާއި ތަމްރީނުގެ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށްޓަކައި، ދުރުރާސްތާ ތަޢުލީމާއި ޓެކްނޮލޮޖީތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކޮމަންވެލްތު އޮފް ލަރނިންގ އިން ކުރިއަށް ގެންދާ މޫސުމަށް އަންނަ ބަދަލުތަކާއި ތަޢުލީމާ ބެހޭ ހައި ލެވެލް ޕެނަލްގެ ތިން ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރު މިހާރު ސީޝެލްސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންވެލްތު އޮފް ލަރނިންގ އިން ކުރިއަށް ގެންދާ މޫސުމަށް އަންނަ ބަދަލުތަކާއި ތަޢުލީމާ ބެހޭ ހައި ލެވެލް ޕެނަލްގެ ތިން ވަނަ ބައްދަލުވުމުގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ވަނީ އެޑިޔުކޭޝަން ސިސްޓަމްތައް ކްލައިމެޓް ޕްރޫފްކޮށް، ނޫ އަދި ފެހި އިޤްތިސާދަކާ ދިމާއަށް ކިޔަވައިދިނުމުގެ މިސްރާބު ބަދަލުކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވެ، ތަޢުލީމީ ދާއިރާގެ ތެރެއިން އެޑިޔުކޭޝަން މިނިސްޓަރުންނަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް އެކުލަވައިލާ ޑްރާފްޓް ރިޕޯޓުގެ މަސައްކަތް ނިންމާ ލާފައެވެ.
މި ތަކުގައި ތަޢުލީމާއި ތަމްރީނުގެ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށްޓަކައި، ތަޢުލީމާ ތަމްރީނުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް އެކުލަވައިލަންޖެހޭ ސިޔާސަތުތަކަށް ބޭނުންވާ އިސްތިރާޖުތަކާއި، އެކަމަށް ޙައްލުހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ސްކޫލް، ކޮލެޖް އަދި ޔުނިވަސިޓީތަކުގެ މަންޙަޖަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ލަފާދީފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށް ހުރި ފުރުޞަތުތަކާއި، ކޮމަންވެލްތުގެ ޤައުމުތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންވެރިކަން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ޕެނަލްގައި މަޝްވަރާކޮށްފައިވެއެވެ.
advertisment
ހިޔާލު