ޝާހާ: ފެންފުށީ ސްކޫލްގެ އެންމެ މޮޅު ދަރިވަރު

ޝާހާއަށް އެވޯޑް ހަވާލުކޮށް ދެއްވަނީ- ފޮޓޯ: ފެންފުށީ ސްކޫލް

2020-2021 ވަނަ އަހަރުގެ އދ. ފެންފުށީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ޝާހާ ހޮވައިފިއެވެ. ޝާހާ އަކީ ފާއިތުވި އަހަރު ސްކޫލްގެ ކެޕްޓަންވެސް މެއެވެ.

ޝާހާ ވަނީ ނިމިގެންދިޔަ ސާނަވި އިމްތިހާނުގައި ހަތަރު މާއްދާއިން އޭ، ތިން މާއްދާއިން އޭ ސްޓާ ހޯދާފައެވެ. އޭ ހޯދީ، ބައިލޮޖީ، އިނގިރޭސި، ޓްރެވަލް އެންޑް ޓޫރިޒަމް، ދިވެހިންނެވެ. އޭ ސްޓާ ހޯދީ، އެކައުންޓިންގ، އިސްލާމް އަދި ބިޒްނަސް ސްޓަޑީޒްއިންނެވެ.

ޕްރައިމަރީ ގްރޭޑްތަކުގައި އަރަބިއްޔާ ސްކޫލްގައި ކިޔެވުން ކުރިއަށް ގެންދިއުމަށްފަހު، ފެންފުށީ ސްކޫލްގައި ކިޔަވަން ފެށީ ހަވަނަ ގުރޭޑުންނެވެ.

ފެންފުށީ ސްކޫލުން ބުނީ، ޝާހާއަކީ، ކިޔެވުމުގެ އިތުރުން އެހެނިހެން ހަރަކާތްތަކުގައި ގަވާއިދުން ބައިވެރިވާ، މަޑުމައިތިރި، ކިޔަމަންތެރި ދަރިވަރެއް ކަމަށެވެ. އަދި ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ދަރިވަރެއް ކަމަށެވެ.

އެންމެ މޮޅު ދަރިވަރާއި، އިތުރު ވަނަތަކަށް އިނާމް ދިނީ ރޭ އެ ސްކޫލްގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

ފެންފުށީ ސްކޫލްގައި 250 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *