ފޯކައިދޫ ސްކޫލްގައި ޓްރެފިކް މޮނިޓަރސް ޕުރޮގުރާމް ފަށައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ހެޑްއޮފް ރޯޑް ޕޮލިސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާނެވެ. މި ރަސްމިއްޔާތުގައި ވަނީ ޓްރެފިކް މޮނީޓަރސް ޕުރޮގްރާމް ފުރިހަމަކުރި 30 ދަރިވަރުންނަށް ޓްރެފިކް މޮނިޓަރ ޓެގް އަދި ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ޓްރެފިކް މޮނިޓަރސް ޕުރޮގުރާމް މާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކުގައި ފުލުހުން ހިންގައެވެ.
މިޕްރޮގުރާމަކީ މިސަރުކާރުގެ ރައްކާތެރި މުޖުތަމައުއެއް ބިނާކުރުމުގެ ސިޔާސަތުތަންފީސްކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކެޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސްކޫލް ދަރިވަރުން މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރިކުރުވައި،މުޖުތަމަޢުގެ ރައްކާރެތިކަމަށް މަސައްކަތްކުރަން ޝައުޤުވެރިކުރުވައި ސްކޫލް ހިމެނޭ ސަރަޙައްދުގެ ޓްރެފިކު މެނޭޖުކޮށް ބެލެހެއްޓުމުގައި ޓްރެފިކު ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރާނެގޮތް ދަރިވަރުންނަށް ދަސްކޮށްދީ ދަރިވަރުން މިފަދަކަންކަމަށް އަހުލުވެރިކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެށީ 21 އޮގަސްޓް 2019 ގައެވ
advertisment
ހިޔާލު