"ގާލްސް އިން ޑޭޓާ" ޑޭޓާ ލިޓްރަސީ ޕްރޮގްރާމް  ފަށައިފި

"ގާލްސް އިން ޑޭޓާ" ޑޭޓާ ލިޓްރަސީ ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ދިރާގު

"ގާލްސް އިން ޑޭޓާ"  ޑޭޓާ ލިޓްރަސީ ޕްރޮގްރާމް  ފަށައިފިއެވެ.

މާލެ ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ 10 އަހަރާއި 13 އަހާރާ ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށް މި ޕްރޮގްރާމް ހިންގަނީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެންނެވެ. މި ޕްރޮގްރާމުގެ ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ދިރާގުގެ ހެޑްއޮފީހުގައި ބާއްވާފައެވެ.

ރާޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ، ޑޭޓާ ލިޓްރަސީ ޕްރޮގްރާމް، "ގާލްސް އިން ޑޭޓާ" ފަށައިފި އެވެ.

އޮންލައިންކޮށް ސެޝަންތައް ކުރިއަށް ގެންދާއިރު، ޑޭޓާ އެއްކުރުމާއި، މާނަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިންމު ނިންމުންތައް ނިންމާނެ ގޮތް މި ޕްރޮގްރާމުގެ ތެރެއިން އެ ކުދިންނަށް ދަސްކޮށްދެނެއެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކުގެ މައިދާނީ ދަތުރުތައް ވަނީ އިންތިޒާމް ކޮށްފައެވެ.

ދިރާގައި ވިމެން އިން ޓެކް މޯލްޑިވްސް މީގެ ކުރިން ވަނީ "ގާލްސް އިން ކޯޑް" ގެ ޕްރޮރާމެއް ރާއްޖޭގެ ސްކޫލްތަކުގައި ވެސް ހިންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *