ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލި ސްކޮލަރޝިޕް ޕްރޮގްރާމަށް ތަރުހީބުކުޑަވުމުން އަލުން ހުޅުވާލައިފިއެވެ.
މާރޗް މަހުގެ 11 ވަނަ ދުވަހު ހުޅުވާލި 15 ސްކޮލަރޝިޕަށް ކުރިމަތިލީ ދިހަ ފަރާތުންނެވެ. އޭރު ޖާގަ ހުޅުވާލީ ހަތް 13 ދާއިރާއަކުން ސްޕެޝަލައިޒްވުމަށް ހަތް ހޮސްޕިޓަލަކަށެވެ. ދިހަ ފަރާތުން އެޕްލިކޭޝަން ހުށަހެޅި ނަމަވެސް ސްކޮލަރޝިޕް ލިބިފައި ވަނީ ފަސް ފަރާތަށެވެ.
އަލުން ހުޅުވާލީ، ސްޕެޝަލައިޒްވުމަށް ފަސް ހޮސްޕިޓަލަކަށް ދިހަ ޖާގައެވެ.
ސްޕެޝަލައިޒްވުމަށް ހުޅުވާލާފައިވާ ދާއިރާތަކާއި އަދަދުތައް:
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް – އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސަރޖަރީ
* ހުޅުމާލޭ ހޮސްޕިޓަލް – ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، މެޑިކަލް އޮންކޮލޮޖީ
* ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް – ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، ޕީޑިއޭޓްރިކް ނިއުރޮލޮޖީ، ނެފްރޮލޮޖީ
* ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް – ނިއޯނޭޓޮލޮޖީ، ޕަލްމޮނޮލޮޖީ، ނެފްރޮލޮޖީ
* ރ. އުނގޫފާރު ހޮސްޕިޓަލް – އެންޑޯކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ސްޕެޝަލައިޒްވުމަށް ހުޅުވާލި ސްކޮލަރޝިޕަށް އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެމްބީބީއެސް ހާސިލްކޮށްފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕަށް ކުރިމަތި ލެވޭއިރު، ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުންނެވެ.
advertisment
ހިޔާލު