ދަރިވަރުން އުފުލަން ބޭނުން ކުރަމުންއައި ބަހެއް ހަލާކުވެ، ކެނދިކުޅުދޫ ސްކޫލުން ދެމުން އައި ބަހުގެ ޚިދުމަތް މެދުކަނޑާލައިފި

ބަހެއް ހަލާކުވެ، ކެނދިކުޅުދޫ ސްކޫލުން ދެމުން އައި ބަހުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.

އެރަށު މެދުގައި ހުންނަ ސްކޫލަށް ދެ އަވަށުގައު ދިރިއުޅޭ ދަރިވަރުން ގެންދަން ބަހުގެ ޚިދުމަތް އެރަށު ސްކޫލުން ދެމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ބަހުގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް ބަހުގެ ބަރާމާތަށްފަހު އަލުން ދެމުން ގެންދެއެވެ. މީގެ ތިން ދުވަސް ކުރިން ބަހުގެ ޚިދުމަތް މެދުކަނޑާލަން ޖެހުނީ އެ ޚިދުމަތް ދިނުމަށް ބޭނުން ކުރަމުން އައި ދެ ބަހުގެ ތެރެއިން އެއްބަހުގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލު ނުކުރެވިގެންނެވެ.

ކެނދިކުޅުދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝަރީފު ވިދާޅުވީ، އެއް ބަހުގެ އިންޖީނަށް ދިމާވި މައްސަލަ ރަނގަޅު ނުކުރެވުމުން ޚިދުމަތް މެދުކަނޑާލީ އެ ސްކޫލްގައި ކިޔަވަމުންދާ 400 އެންހާ ދަރިވަރުންނަށް އެންމެ ބަހަކުން ޚިދުމަތް ނުދެވޭނެތީއެވެ.

ދަރިވަރުން ސްކޫލަށް ގެންދަން ބޭނުން ކުރަމުން އައީ 27 ކުދިންނަށް އެރޭވަރުގެ ދެ ބަހެވެ. އެހެންވެ ސްކޫލް ފެށެންވާއިރަށް ކޮންމެ ދުވަހަކުވެސް އެތައް ދަތުރެއް ސްކޫލާއި މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު ކުރަންޖެހެއެވެ. އެރަށުގައި އާބާދީ ދިރިއުޅޭ ސަރައްދާ ސްކޫލާ ދުރުކަމުން އެވްރެޖްކޮށް ދެކޮޅަށް ކުރަންޖެހޭ ދަތުރަކަށް 15 މިނިޓް ހޭދަވެއެވެ.

" ސްޕެއަރޕާޓްސްވެސް ފަސޭހައިން ލިބެން ނުކުރޭ. ދޭތެރެދޭތެރެއިން މައްސަލަ ޖެހުނު ނަމަވެސް ބަހުގެ ޚިދުމަތް ދެމުން އައީ ވަރަށް އުނދަގުލުން" ޝަރީފު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

" މި ދުވަސްވަރު މޫސުމް ގޯސްވެ، ވިއްސާރަވުމުން ވަރަށް އުނދަގުލުން ސްކޫލަށް ދަރިވަރުން އަންނަނީ. މިހާރު ކުދިން ގެންނަނީ ބެލެނިވެރިން ސައިކަލް ނޫނީ ބައިސްކަލްގައި"

ޝަރީފު ވިދާޅުވިގޮތުގައި ބަހުގެ ޚިދުމަތް އަލުން ފެށުމަށް އެމްޓީސީސީއާއެކު އެޑިޔުކޭޝަން މިނިސްޓްރީން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ބަހުގެ ޚިދުމަތް އެމްޓީސީން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

" ވީހާވެސް އަވަހަކަށް ޚިދުމަތް ފޯރުކޮދެވޭނެ ގޮތެއް ބަލަމުން ގެންދަނީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *