މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކަށް ވައްދަން ބޭނުންވާ ކުދިން ވެއްދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ޖޫން މަހުގެ 30އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެހެން ގުރޭޑް ތަކަށް ވަންނަ ކުދިންގެ އިދާރީ މަސައްކަތްތައް ކުރިއަށް ދާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މާލޭގެ ސްކޫލްތަކަށް ކުދިން ވެއްދުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން ގެންދާއިރު، ފޯމް ހުށަހެޅޭނީ އޮންލައިން މެދުވެރިކޮށް އެކަމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
މާލޭގެ ސްކޫލްތަކުން ޖާގަ ދިނުމުގައި އަމަލުކުރާނެ އުޞޫލުތަކެއް މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ޖާގަ ދިނުމުގައި އިސްކަން ދިނީ ސްކޫލަށް ވަންނަ ދަރިވަރު އުޅޭ ސަރަހައްދުގައި ހުންނަ ސްކޫލަކުން ފުރުޞަތު ދިނުމަށެވެ.
ފާއިތުވި އަހަރު މާލޭގެ ސްކޫލްތަކުން 2000 އެންހާ ކުދިންނަށް ފުރުޞަތު ދީފައިވެއެވެ.
ސްކޫލަށް ދަރިވަރުން ވައްދަން އެދޭ ފޯމު މި ލިންކް https://myoffice.moe.gov.mv/forms/id/2މެދުވެރިކޮށް ހުށަހެޅޭނެއެވެ.
އެ މިނިސްޓްރީން ވަނީ 2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރު، ގުރޭޑްތަކަށް ދަރިވަރުން ވެއްދުމުގައި ބަލާނެ އުމުރާއި ސްކޫލް ބަދަލުކުރުމުގައި އުމުރު ބެލުމުގައި އަމަލުކުރާނެ އުޞޫލު ކަނޑައަޅައި އެކަން ހުރިހާ ސްކޫލްތަކަށް ސާކިއުލާއަކުން އަންގާފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވާ ގޮތުން، ބޭބީ ނާސަރީއަށް ވައްދާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ދެ އަހަރު ފުރި ތިން އަހަރު ނުފުރޭ ކުދިންނެވެ. ނާސަރީއަށް ވަންދާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރޭ ކުދިންނެވެ. އެލްކޭޖީއަށް ވައްދާނީ، 2022 ގެ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނެވެ. ގުރޭޑް އެކަކަށް ވައްދާނީ ދެ އަހަރުގެ ފްރީ ސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ގެ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ 2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރު އެލްކޭޖީއާއި ޔޫކޭޖީގެ އިތުރުން ގުރޭޑް އެކަކަށް ކުދިން ވެއްދުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރާނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ލިޔުމުން، އެ ސްކޫލަކުން ހުށހަޅައިގެންނެވެ.
advertisment
ހިޔާލު