" ފަހި ފުރުޞަތު"ގެ ނަމުގައި ޖޮބް ފެއަރއެއް ދިވެހި ޤައުމީ ޔުނިވަރސިޓީން ބާއްވަން ނިންމައިފިއެވެ.
މިއީ އެ ޔުނިވަރސިޓީން ބާއްވާ މިފަދަ ފުރަތަމަ ފެއަރއެވެ. މި ފެއަރ ބާއްވަނީ މިމަހުގެ 31 ވަނަ ދުވަހު ހަވީރު 4:00ން ފެށިގެން އެރޭ 10:00 އަށް ޔުނިވަރސިޓީގެ އިދާރީ މައިމަރުކަޒުގައެވެ.
މި ޖޮބް ފެއަރގެ ސަބަބުން އެ ވަޒީފާއެއް ބޭނުންވާ ދަރިވަރުންނާއި އަދި ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާ ގުޅޭ މައުލޫމާތު ލިބިގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
ދިވެހި ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޔުނިވަރސިޓީއެވެ.
advertisment
ހިޔާލު