މަތީ ތަޢުލީމް ދޭ މަރުކަޒެއްގައި ކިޔަވަމުންދާ ދަރިވަރަކު އަމިއްލައަށް ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކުރުމާއި އެފަދަ މަސައްކަތެއް އަގެއް ދީގެން ކުރުވުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަ ޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑެމިކް މަސައްކަތެއް، އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި، ކޮށްދިނުމަށް ހުށަހެޅުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ކޮށްފިކަމަށް ވާނަމަ އަދަބެއްގެ ގޮތުން 5000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.
ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމަށް ހުށަހެޅުން
މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑެމިކް މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް އަގުދީގެން ނުވަތަ އެނޫންވެސް ގޮތަކަށް ކުރުވުމަކީ މަނާކަމެކެވެ.

އަދި މި އަދަބުގެ އިތުރުން، އެ ދަރިވަރު ކިޔަވަމުންދާ މަރުކަޒުގައި، އެފަދަ ޢަމަލުތައް ކުރާ ދަރިވަރުންނާ މެދު ޢަމަލުކުރުމަށް ހަމަޖެހިފައި އޮންނަ ނިޒާމެއްގެ ދަށުން ކަނޑައަޅައިފައިވާ ފިޔަވަޅެއް އެ ދަރިވަރަކާ މެދު އެޅުމުގެ ފުރުޞަތު ލިބިދެއެވެ. އަދި މިފަދަ ޢަމަލެއް ދަރިވަރަކު ކޮށްފިނަމަ، އެކަން ބަލައި ފިޔަވަޅު އަޅާނެ ނިޒާމެއް މަތީ ތަޢުލީމް ފޯރުކޮށްދޭ ކޮންމެ ތަނެއްގައި ޤާއިމުކޮށްފައި އޮންނަންޖެހެއެވެ. އެފަދަ ފިޔަވަޅު އަޅައިފިނަމަ، ކަން ހިނގައިދިޔަ ގޮތާއި އެޅި ފިޔަވަޅުގެ ތަފުސީލު ހިމެނޭ ރިޕޯޓެއް، ރަސްމީ ތިން ދުވަހުގެ ތެރޭގައި އެ މަރުކަޒަކުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.
މި ގަވާއިދުގައި ވަނީ، މަތީ ތަޢުލީމް ފޯރުކޮށްދޭ ތަންތަނާގުޅޭ ގޮތުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތައް ބަލާނެގޮތާއި ބެލުމަށްފަހު އަމަލުކުރާނެ ގޮތްތައް ވެސް ކަނޑައަޅާފައެވެ. އެ މނިސްޓްރީއަށް ހުށަހަޅާ ޝަކުވާތައް ބެލުމަށް ބެލުމަށް ރަސްމީ ތިން ދުވަހުގެ ތެރޭގައި ޝަކުވާތައް ބަލާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަންޖެހެއެވެ.
ހުށަހަޅާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއްގެ ބާވަތުން، މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ކުރިން އެންގުމަކާ ނުލައި، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަތަކަށް ވަދެ އެ ތަންތަނުގައިވާ ލިޔެކިޔުމާއި އެހެނިހެން ކަންކަން ބަލާނެއެވެ. މައްސަލަ ބެލުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ކުރާ ކަމަކަށް ހުރަސްއަޅައި، އެއިން ކަމަކަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދައިފިނަމަ، އެ މަރުކަޒަކާމެދު ނުވަތަ އެ ކަމަކަށް ހުރަސްއެޅި ފަރާތް ނުވަތަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރުވެސް މި ގަވާއިދުން އެ މިނިސްޓްރީއަށް ލިބެއެވެ.
މިފަދަ ޢަމަލެއް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން ނުވަތަ އެ މަރުކަޒަކަށް ނިސްބަތްވާ ފަރާތަކުން ހިންގައިފިނަމަ، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ލިޔުމުން ނަސޭހަތްތެރިވެ ދިހަހާސް ރުފިޔާއިން ޖޫރިމަނާއެއް ކުރަން ވަނީ ކަނޑައަޅާފައެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތް ނުވަތަ ފަރާތްތަކަށް އެ މަރުކަޒެއްގައި ހަދައިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން ފިޔަވަޅުއަޅައި، 30 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަން ވެސް ޖެހެއެވެ.
advertisment
ހިޔާލު