ކުޑަކުދިންގެ ދުވަސް: ކޮންމެ ދަރިވަރަކަށް ހުރާ ސްކޫލް ޕްރިންސިޕަލްގެ ފަރާތުން " ސްޕްރައިޒް ކަޕް ކޭކެއް"

ހުރާ ސްކޫލްގެ ދަރިވަރަކަށް އެ ސްކޫލްގެ ޕްރިންސިޕަލް އަރީޝާ ކަޕް ކޭކެއް ހަވާލުކޮށްދެއްވަނީ- ފޮޓޯ: ހުރާ ސްކޫލް

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ އަތޮޅު ހުރާ ސްކޫލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލުމުގެ ގޮތުން އެ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ޕްރިންސިޕަލްގެ ފަރާތުން " ސްޕްރައިޒް ކަޕް ކޭކެއް" ހަދިޔާކުރައްވައިފިއެވެ.

ހުރާ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު އަރީޝާ ވިދާޅުވީ އެ ސްކޫލްގައި ކިޔަވަމުންދާ 277 ދަރިވަރުންނަށް، ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދެވުނީތީ ވަރަށް އުފާވިކަމަށެވެ.

" ކުޑަނަމަވެސް ހަދިޔާއެއް ދަރިވަރުންނަށް ފޯރުކޮށްދެވުނީމާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނީ. އަދި އެ ހިތްހަމަޖެހުން ބޮޑުވީ އެކުދިންނަށް ސައިޕްރައިޒެއްގެ ގޮތުގައި ދެވުނީމާ" އަރީޝާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އަރީޝާ ވިދާޅުވި ގޮތުގައި ސަޕްރައިޒެއްގެ ގޮތުގައި ކުޑަ ނަމަވެސް ހަދިޔާއެއް ކުދިންނަށް ދޭން ނިންމީ، ޕްރިންސިޕަލުންގެ ބައެއް ފޯރަމްތަކުގައި ދެކެވުނު ވާހަކައެއްގެ ތެރެއިން ޕްރިންސިޕަލަކު ދެއްވި ޚިޔާލެއްގެ މައްޗަށެވެ.

" އެ ޕްރިންސިޕަލް ވިދާޅުވީ ހިނގާށޭ އަހަރަމެންގެ ފަރާތު ވެސް ކުދިންނަށް ކުޑަނަމަވެސް ހަދިޔާއެއް ދޭން. އެ ޚިޔާލު ކަމުދިޔައީމާ ހިތަށް އެރީ މީ އެވަގުތޭ އެކަން ކުރަން" އަރީޝާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ހުރާ ސްކޫލުން ކުރިއަށްގެންދިޔައިރު، ބެލެނިވެރިންގެ ފަރާތުން ވެސް ދަރިވަރުންނަށް ސަޕްރައިޒް ހަދިޔާތަކެއް ވަނީ ދީފައެވެ. މީގެ އިތުރުން ދުވަހުގެ ޚާއްޞަ ކޭކް ހަދިޔާކޮށްފައި ވަނީ ފޯޒަން ރިޒޯޓުންނެވެ. ތިން ދުވަހަށް ދެމިގެންދިޔަ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް އެކިއެކި ސްޓޭޖްތަކުގެ ދަރިވަރުންނަށް ގެންދިޔައީ ތިން ދުވަހަށް ބަހާލައިގެންނެވެ. ދުވަހުގެ ހަރަކާތްތައް ފަށާފައި ވަނީ ޚާއްޞަ އެސަމްބްލީއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *