އިމާދުއްދީނުގައި އޮކިއުޕޭޝަނަލް ތެރަޕީ އަދި އެކުއަޓިކް ތެރަޕީ ވޯކްޝޮޕެއް ބާއްވައިފި

އެކުއަޓިކް ތެރަޕީ ވޯކްޝޮޕުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ: އިމާދުއްދީން ސްކޫލް

އިމާދުއްދީން ސްކޫލުން އިސްނަގައިގެން އޮކިއުޕޭޝަނަލް ތެރަޕީ އަދި އެކުއަޓިކް ތެރަޕީ ވޯކްޝޮޕެއް ބާއްވައިފިއެވެ.

އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ އިންޑިއާގެ މެޑިޓުއާޒް ހެލްތް އެންޑް ވެލްނަސް އާ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކުގެ ބައެއް ލީޑިންގ ޓީޗަރުން، ޓީޗަރުންގެ އިތުރުން ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.

އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރަކީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ގިނަ ވަޞީލަތްތައް ފުރިހަމަ ކުރިވެގެން މުޅި ރާއްޖެއިން ވެސް ކިޔަވައިދެމުންދާ މަދު ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ސެންޓަރެކެވެ.

އެ ސެންޓަރުން ދަނީ ކިޔެވުމުގެ އިތުރުން ދިރިއުޅުމުގެ އެތައް ހުނަރެއް ދަރިވަރުންނަށް ދަސްކޮށްދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *