ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް އަޅަން ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އަތޮޅުތެރޭގައި ގާއިމްކުރާ ޓިވެޓް ސެންޓަރުތައް ތަފާތު ދާއިރާތަކަށް ޚާއްޞަ ކޮށްފައިވާއިރު، އަލިފުށީގެ 38،328 އަކަފޫޓު ބިމެއްގައި އަޅަނީ ސްޓޭޓް އޮފް ދި އާޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރައިނިން ސެންޓަރެކެވެ. އެތަން އަޅަނީ ޕޮލިޓެކްނިކް ކެމްޕަހުގެ އިރުން އޮތް ބިމުގައެވެ.
ތިން ފަންގިފިލައަކަށް އިމާރާތް ކުރާ މި ސެންޓަރުގައި ބޯޓް ބިލްޑިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގާނެއެވެ. މި ސެންޓަރުގައި އިންސްޓިއުޓް ބްލޮކަކާއި ބޯޓްޔާޑަކާއި އެކޮމޮޑޭޝަން ބްލޮކަކާއި އެކްޓިވިޓީ އޭރިއާއެއް ހިމެނެއެވެ. މިތަނުގައި ގާއިމްކުރާ އެކޮމޮޑޭޝަން ބްލޮކްގައި 58 ކުދިންގެ ޖާގަ ހުންނާނެ ކަމަށާއި، އެއްފަހަރާ 150 ކުދިންނަށް ޖާގަ ދެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
advertisment
ހިޔާލު