ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ފަށައިފި

ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ފައްޓަވައި ދެއްވީ މަޝްހޫރު ވާހަކަ ދެއްކުން ތެރިޔާ އަދި ޕްރެޒެންޑަރު މަސްއޫދު އަލީއެވެ.

ދިވެހި ބަހުގެ އެކަޑެމީން ބުނީ، މި މުބާރާތުގައި ތިން ބައެއް ހިމެނޭއިރު، ސްކޫލްތަކަށް ކުރިއަށް ގެންދާ ސާނަވީއާއި މަތީ ސާނަވިގައި 18 ސްކޫލަކުން 135 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ ސާނަވީގައި 15 ސްކޫލަކުން ބައިވެރިވި 120 ދަރިވަރުންނާއި މަތީ ސާނަވީގައި ތިން ސްކޫލަކުން ބައިވެރިވި 15 ދަރިވަރުންނެވެ. ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކުރިއަށް ގެންދާ ބައިގައި ބައިވެރިވެފައި ވަނީ ތިން ޓީމެވެ.

މި މުބާރާތް ކުރިއަށް ދާނީ ޕޮލިޓެކްނިކްގެ ޖަލްސާކުރާ މާލަމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *