ދިވެހި ބަހުގެ ރަދީފުގެ އާ އެޕްލިކޭޝަން ނެރެފި

އައިފޯނާއި އެންޑްރޮއިޑް ފޯނުތަކަށް ބޭނުން ކުރެވޭ ގޮތަށް ދިވެހި ބަހުގެ ރަދީފު އެޕްލިކޭޝަން ރޭ އިފްތިތާހުކޮށްފިއެވެ.

މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމް ވިދާޅުވީ، ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެޕްލިކޭޝަންގައި މިހާރު 36،637 ލަފުޒާއި ބައިލައްކައަށްވުރެ ގިނަ މާނައާއި 235،000 އަށްވުރެ ގިނަ ލަފްޒުތަކާއި އެ ލަފުޒު ތަކުގެ މާނަތައް އެޕްލިކޭޝަންގައި ހިމެނީ އިސްލާހުތަކާއެކު ކަމަށެވެ.

މޯލްޑިވްސް ކޮމްޕިއުޓާ ސޮސައިޓީން ފަރުމާކުރި މި އެޕްލިކޭޝަންގެ އަޕްޑޭޓެއް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ސޮސިޓީން ވަނީ ބުނެފައެވެ.

އާ އަޕްޑޭޓް އަންނައިރު، ދެ މާނަ ދޭހަވާ ބަސްތަކާއި އިދިކޮޅު މާނައާއި އިނގިރޭސި އަދި ދިވެހި ބަހުގެ ތަރުޖަމާ ލަފްޒުތައް ވެސް ފެންނާނެ ކަމަށެވެ.

ޤައުމީ ވާހަކަ ދެއްކުމުގެ 35 ވަނަ މުބާރާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ޔުމްނާ ވިދާޅުވީ މިފަދަ އެޕްލިކޭޝަންތަކުގެ ސަބަބުން ޓެކްނޮލޮޖީއާ ރައްޓެހިކޮށް އިތުރު މަންސަތަކަށް ބަސް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *