ސްކިލް ޓްރެއިނިންގ ސެންޓަރުން ކުޑަކުދިންގެ ދުވަސް ފާހަގަ ކޮށްފި

ސްކިލް ޓްރެއިނިންގ ސެންޓަރުން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކޮށްފިއެވެ. ސްކިލް އޮންލައިން ކްލާސްތަކުގައި ކިޔަވަމުންދާ ކުދިން މިއަހަރު މިދުވަސް ފާހަގަކޮށްފައިވަނީ "ކްލައުން" ތީމަށެވެ. މިފަހަރުގެ މިޙަރަކާތުގައިވެސް ގިނަ ޢަދަދެއްގެ ކުދިންވަނީ ބައިވެރިވެފައެވެ. އަދި ކުދިންވަނީ ދުވަހާއިގުޅޭގޮތުން އެކުދިންގެ ޝުޢޫރު ފާޅުކޮށްފައެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖޭންބޭރުގައި ތިބޭ ގިނަ ކުދިންތަކެއް ދަނީ މި ކިލާސްތަކުގައި ކިޔަވަމުންނެވެ.


ސްކިލް ޓްރެއިނިންގް ސެންޓަރ އުފެދިފައިވަނީ 2012 ވަނަ އަހަރު ގައެވެ. އަދި މަޤްޞަދަކީ ކުޑަކުދިންނަށް ތަފާތު ހުނަރު ދަސްކޮށްދިނުމެވެ. އަދި މިސެންޓަރުން މިފަދަ ދުވަސްތައް އަންނަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *