ހަދަންޖެހޭ މާއްދާ އޮޅުނު ދަރިވަރަށް އެ މާއްދާގައި ބައިވެރިވުމުގެ ފުރުޞަތު ދީފި

އިމްތިޙާނު ހަދަންޖެހޭ މާއްދާ އޮޅުނު ދަރިވަރަށް އެ އިމްތިޙާނު ހެދުމުގެ ފުރުޞަތު ދީފިއެވެ. މެރިން ސައިންސްގެ ބަދަލުގައި ފިޒިކްސް ހަދަންޖެހޭ ކަމަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ލިބުނީ ގއ. ގެމަނަފުށީ ސްކޫލްގެ ދަރިވަރަކަށެވެ. އެ ދަރިވަރު ވަނީ އޯލެވެލްގައި ފިޒިކްސާއާއި ބަޔޮލޮޖީ މާއްދާ ދޫކޮށްލާފައެވެ. އޭގެ ބަދަލުގައި އޭނާ ކިޔެވީ މެރިން ސައިންސެވެ.

ހަދަންޖެހޭ މާއްދާ އޮޅުނު މައްސަލަ ބެލުމަށްފަހު، ގެމަނަފުށީ ސްކޫލުން ވަނީ އެ އިމްތިޙާނު ހެދުމުގެ ފުރުޞަތު މިއަދު އެ ދަރިވަރަށް ދީފައެވެ. އެ އިމްތިޙާން ހަދަން އެ ސްކޫލަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު 13:30 އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *