ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ މަސައްކަތްތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގުރޭޑް 1-3ގެ ދަރިވަރުން ވަނީ ސުޕްރީމް ކޯޓަށް އިއްޔެ ޒިޔާރަތް ކޮށްފައެވެ.
މި ޒިޔާރަތުގައި، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއެކު އެ ކޯޓްގެ ބައެއް ފަނޑިޔާރުން ވަނީ އެކުދިންނާ ބައްދަލުކޮށް ފަނޑިރުންނާއި ކޯޓްގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ކިޔާދެއްވާފައެވެ.
ޖޭއެސްސީން ބުނީ، ދަރިވަރުންނަށް އަމާޒުކޮށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ތެރެއިން، ކޯޓުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އަދި ކޯޓްތަކުގެ ފަނޑިޔާރުންނާ ބައްދަލުކޮށް، މަސައްކަތްތައް ރާވާލާފައިވާ ގޮތާއި ކޯޓުތައް ހިނގާ ގޮތާއި ޝަރުއީ ދާއިރާގެ މައުލޫމާތު ދޭނެ ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ސްކޫލްތައް ވަކިންނެވެ.
advertisment
ހިޔާލު