ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: ރައީސް ސޯލިހު

ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ  ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންނަކީ އަހަރެމެންގެ މުސްތަގުބަލް. އެ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން އަހަރެމެން ދޭންވާނެ ކަމަށެވެ. އަދި ކުޑަކުދިން ހެދި ބޮޑުވުމަށް ލޯތްބާއި އަޅާލުމުގެ މާހައުލެއް ހޯދައިދިނުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

" ކުޑަކުދިންނަކީ އަހަރެމެންގެ މުސްތަގުބަލް. އެ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން އަހަރެމެން ދޭންވާނެ" ޓްވީޓްގައި ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

މެއި މަހުގެ ދިހަ ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. ކޮވިޑަށްފަހު، އަންނަ ފުރަތަމަ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތްތަކެއް ސްކޫލްތަކުން ވަނީ ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *