އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި، ކިޔަވައިދިނުމުގެ ސެޓްފިކްޓް ނެތް ލެކްޗަރާއިންނަށް ޓީޗިން ފުރިހަމަ ކުރުމަށް އެ ޔުނިވަރސިޓީއިން ވަކި މުއްދަތެއް ހަމަޖައްސައިފިއެވެ.
އައިޔޫއެމްގައި މީގެ ކުރިން ޓީޗިން ސެޓްފިކްޓް އަށް ނުބެލި ނަމަވެސް ކިޔަވައިދިނުމުގައި ޓީޗިންއާ ނުލައި ކުރިއަށް ދިޔުމަކީ ދަތިކަމަކަށްވާތީ އެ ޔުނިވަރސިޓީގެ ލެކްޗަރާއިންނަށްވަނީ މިދިޔަ އަހަރު ތެރޭ ޓީޗިން ފުރިހަމަ ކުރުމަށް ފަށާފައެވެ. އައިޔޫއެމެއިން ބުނީ، 2024 ވަނަ އަހަރު ނިމުމުގެ ކުރިން އެ ޔުނިވަރސިޓީގެ ލެކްޗަރާއިން އެންމެ ދަށްވެގެން ޓީޗިން އިން ޑިޕްލޮމާ ނިންމަން ޖެހޭނެ ކަމަށެވެ.
އައިޔޫއެމްއިން ބުނީ، ރާއްޖޭގައި މަތީ ތައުލީމް ދޭ ތަންތަނުން ދޭ ޓީޗިންއާ ގުޅޭ ހުރިހާ ސެޓްފިކެޓެއް އެ ޔުނިވަރސިޓީން ޤަބޫލު ކުރާނެ ކަމަށެވެ. އަދި އެތަނުން ބުނީ، ލެކްޗަރާއިންނަށް ފަސޭހަކޮށްދިނުމަށްޓަކައި، ދޮޅު އަހަރަށް މި ކޯސްތަކުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އައިޔޫއެމްގައި މިވަގުތު 60 ވަރަކަށް ލެކްޗަރާއިންދަނީ މަސައްކަތް ކުރަމުން ގެންދެއެވެ.
advertisment
ހިޔާލު