އެޑިއުކޭޝަން މިނިސްޓަރު، މެލޭޝީޔާގެ އެޑިއުސިޓީ އިސްކަންދަރަށް

މޭލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މެލޭޝީޔާގެ އެޑިއުސިޓީ އިސްކަންދަރަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޒިޔާރަތް ކުރައްވައިފިއެވެ. އެކަމަނާގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މެލޭޝިޔާގެ މަލްޓި ކެމްޕަސް އެޑިޔުކޭޝަން ސިޓީގެ ގޮތުގައި ތަރައްޤީ ކޮށްފައިވާ އިސްކަންދަރަށް ވަޑައިގެންނެވުމުން އެތަނުގެ މެނޭޖިންގ ޑިރެކްޓަރު، ވާން އަޙުމަދު ސައިފުއްދީނާއި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޕްރޮފެސަރ ޑރ. ސަކީނާ ސޯފިއާ ބަހާރޮމް ވަނީ އެކަމަނާއާ ބައްދަލުކުރައްވާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އެހީތެރިވެދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މެލޭޝިޔާގެ އެޑިއު ސިޓީގައި ޔުނިވާސިޓީތަކާއި، މަތީ ތައުލީމުދޭ މަރުކަޒުތަކާއި، ރިސާޗް އެންޑް ޑިވެލޮޕްމަންޓް ސެންޓަރުތަކެއްގެ އިތުރުން، ސްޕޯޓް ކޮމްޕްލެކްސްގެ އިތުރުން މުނިފޫހިފިލުވުމުގެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައެވެ. މި ތަނުގައި ގާއިމްކޮށްފައިވާ އިސްކަންދަރު މެލޭޝިޔާ ސްޓޫޑިއޯއާއި ޑްރޯން ރޮބޮޓިކް ޒޯންފަދަ ފެސިލިޓީތަކަށް ވަޑައިގެން އެތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ.

މި މަހުގެ 6 އިން 13 އަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން މިނިސްޓަރު އައިޝަތު އަލީ ވަނީ އިސްކަންދަރުގައި ހުންނަ މެލޭޝިޔާގެ އިދްރީސީ އިންޓަރނޭޝަނަލް ސްކޫލަށް ވެސް ޒިޔާރަތް ކުރައްވައި، އެ ސްކޫލްގެ ސީ.އީ.އޯ ޒަލީކާ އެލިއަސްއާ ބައްދަލުކުރައްވާފއެވެ. އިދުރީސީ ސްކޫލަކީ މެލޭޝިޔާގެ ފުރަތަމަ އީކޯ އިސްލާމިކް އިންޓަރނޭޝަނަލް ސްކޫލްވެސް މެއެވެ.

ދިވެހި ޕްރިންސިޕަލުން ތަމްރީނު ކުރަން ހިންގާ އެންމެ ބޮޑު މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދަނީ މެލޭޝިޔާގެ ޔުނިވަރސިޓީއަކާ ގުޅިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *