ބީއެމްއެލް "ކިޑްސް ރަން" މި މަހު 13 ވަނަ ދުވަހު

މީގެ ކުރީގެ ކިޑްސް ރަން ހަރަކާތުގެ ތެރެއިން.ފޮޓޯ،ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ "ބީއެމްއެލް ވައު ކިޑްސް ރަން 2022″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ  ޕްރޮގްރާމްއެކެވެ. މި ދުވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 4 ކެޓަގަރީއަކަށެވެ.އެއީ 10-12 އުމުރުފުރާގެ ކުދިން،8-10 އުމުރުފުރާގެ ކުދިން،6-8 އުމުރުފުރާގެ ކުދިން،4-6 އުމުރުފުރާގެ ކުދިނެވެ.މި ހަތަރު ކެޓަގަރީގެ ދުވުން ފަށާނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 6:10ގައި ހުޅުމާލޭގައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ހާމަކުރާ ގޮތުގައި ހަތަރު ކިލޯ މީޓަރުގެ ދުވުމުގައި ބައިވެރިވާ 10-12 އުމުރުފުރާގެ ކުދިން ބައިވެރިވުމަށް 199ރުފިޔާގެ ފީއެއް ދައްކަންޖެހޭ އިރު އެހެން ކެޓަގަރީގެ ކުދިން 299 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

"ކިޑްސް ރަން" އަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެކެވެ. އެގޮތުން މިދިޔަ ޑިސެންބަރ މަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައިވެސް 900 އަށް ވުރެ ގިނަ ކުދިންވަނީ ބައިވެރިވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *