އޯލެވެލް އިމްތިޙާނަށް ވިލިނގިލިން މާލެ އަންނަ ދަރިވަރުންނަށް ހުކުރު ދުވަހު މެންދުރުފަހު އިތުރު ފެރިއެއް ބާއްވަން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ، މާދަމާއިން ފެށިގެން ޖޫން މަހުގެ 24 ވަނަ ދުވަހާ ހަމައަށް، ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 13:10ގައި އިތުރު ފެރީއެއް ބާއްވަން ނިންމީ އެ ދެ އިމްތިޙާން ހަދާ ދަރިވަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.
އޯޅެވެލް އިމްތިޙާނު ފެށީ އިއްޔެއެވެ. މި އަހަރު ބާއްވާ އިމްތިހާންގައި ފަސް ހާހެންހާ ދަރިވަރުން ބައިވެރިވެއެވެ.
އަންނަ ޖޫން 10އަށް ކުރިއަށްދާ ސާނަވީ އިމްތިޙާނުގައި ހިމެނެނީ އޯލެވެލްއާއި އައިޖީސީއެސްއީގެ އިތުރުން އިސްލާމާއި ދިވެހި ހިމެނޭ އެސްއެސްއީ އިމްތިޙާނެވެ. މި އިންތިޙާނުގައި 239 ސެންޓަރަކުން 5939 ދަރިވަރުން ބައިވެރިވާނެއެވެ. މި އިމްތިޙާނުގައި ހިމެނޭ އާޓް އެންޑް ޑިޒައިން ހަދާ ދަރިވަރުންގެ އިމްތިޙާނު ވަނީ ފާއިތުވި އެޕްރީލް މަހުގެ 13ން 14އަށް ބާއްވާފައެވެ. އެ އިމްތިޙާނުގައި 181 ދަރިވަރުން ބައިވެރިވިއެވެ. ކޮވިޑާ 19އާ ގުޅިގެން ހުސްވި އަހަރުގެ މެއި ޖޫންއަށް ފަސްކުރި އިމްތިޙާނުގައި 235 ސެންޓަރެއްގައި އިމްތިޙާނު ކުރިއަށްދިޔައިރު، ބައިވެރިވީ 5955 ދަރިވަރުންނެވެ.
advertisment
ހިޔާލު