މިއަހަރު ބާއްވާ ސާނަވީ އިމްތިޙާން މިއަދު ފަށައިފިއެވެ. އެ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ސްކޫލްތަކުން، އެ އިމްތިޙާނަށް ދަރިވަރުން ތައްޔާރު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް އިއްޔެ ވަނީ ނިންމާލާފައެވެ. ކޮވިޑްގެ ބިރުވެރިކަމުގެ ރާޅަށްފަހު، ސްކޫލްތަކާއި ދަރިވަރުން ހިންދެމިލައި މި އިންތިޙާނަށް ދުރާލާ ތައްޔާރުވިއެވެ. ކުރީ އަހަރަށްވުރެ މި އަހަރުގެ ނަތީޖާއަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.

މިއަދުން ފެށިގެން އަންނަ ޖޫން 10އަށް ކުރިއަށްދާ ސާނަވީ އިމްތިޙާނުގައި ހިމެނެނީ އޯލެވެލްއާއި އައިޖީސީއެސްއީގެ އިތުރުން އިސްލާމާއި ދިވެހި ހިމެނޭ އެސްއެސްއީ އިމްތިޙާނެވެ. މި އިންތިޙާނުގައި 239 ސެންޓަރަކުން 5939 ދަރިވަރުން ބައިވެރިވާނެއެވެ. މި އިމްތިޙާނުގައި ހިމެނޭ އާޓް އެންޑް ޑިޒައިން ހަދާ ދަރިވަރުންގެ އިމްތިޙާނު ވަނީ ފާއިތުވި އެޕްރީލް މަހުގެ 13ން 14އަށް ބާއްވާފައެވެ. އެ އިމްތިޙާނުގައި 181 ދަރިވަރުން ބައިވެރިވިއެވެ. ކޮވިޑާ 19އާ ގުޅިގެން ހުސްވި އަހަރުގެ މެއި ޖޫންއަށް ފަސްކުރި އިމްތިޙާނުގައި 235 ސެންޓަރެއްގައި އިމްތިޙާނު ކުރިއަށްދިޔައިރު، ބައިވެރިވީ 5955 ދަރިވަރުންނެވެ. އެއީ މިއަހަރު ބައިވެރިވާ ދަރިވަރުންނަށްވުރެ 16 ކުދިންގެ އިތުރުވުމެކެވެ.
އިމްތިޙާނަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ސްކޫލްތަކުން ތަފާތު ހަރަކާތްތަކެއް ގުރޭޑް ދިހައެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔައެވެ. ކުރީ އަހަރުތަކަށް ވުރެ އިތުރަށް ސްޓަޑީ ކޭމްޕްތަކާއި ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންތައް ހިމެނެއެވެ. މި ފަދަ ސެޝަންތައް ކުރިއަށް ގެންދިޔައީ ސްކޫލްތަކުގެ ބޭރުން ކަމާ ގުޅުން ހުރި ރިސޯސަސް ބޭފުޅުންގެ އެހީތެރިކަން ހޯއްދަވައިގެންނެވެ.
advertisment
ހިޔާލު