ދަރިވަރުންގެ ލޯނުގެ އެޑްމިނިސްޓޭޝަން ފީ، އެކެއް އިންސައްތައަށް ކުޑަކޮށްފި

މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯނުގެ އެޑްމިނިސްޓޭޝަން ފީ، އެއް އިންސައްތައަށް ކުޑަކޮށްފިއެވެ. މީގެ ކުރިން ނަގަމުން އައީ ތިން އިންސައްތައެވެ. އޭގެ ކުރިން ނަގަމުން އައީ ފަސް އިންސައްތައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ލޯނަށް މި ގެނައި ބަދަލާގުޅިގެން ލޯނާ ގުޅުން ހުރި އިރާރީ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާކަމަށެވެ. އަދި ލޯނަށް ގެނައި ބަދަލާ ގުޅޭ ތަފްސީލް ލިޔުމުން އަންގަމުން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ބޭންކުން މަތީތައުލީމަށް ލޯން ނަގާފައިވާ ފަރާތްތަކުން މި ޚިދުމަތް ހޯދާނަމަ ސިޓީއަކުން ނޫނީ، އައިޑީކާޑުގެ ކޮޕީއަކާއެކު fund@mohe.gov. އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނުގެ ދަށުން 9054 ދަރިވަރުން މިހާރު ކިޔަވަމުން ގެންދާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *