އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ޑީންއަކަށް އަބްދުއްރަހްމާން މުބާރިކް އައްޔަންކޮށްފި

މަގާމަށް އައްޔަންކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.ފޮޓޯ/އެމްއެންޔޫ

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގެ ބިޒްނަސް ސްކޫލްގެ ޑީންއަކަށް އަދުއްރަހްމާން މުބާރިކް އައްޔަންކޮށްފިއެވެ. މި މަޤާމްއަށް އަބްދުއްރަހްމާން އައްޔަންކުރެއްވީ މިއަދު ހެނދުނު އެމްއެންޔޫގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހްމާން ވިދާޅުވީ، މި ދައުރުގައި އޭނާ މަސައްކަތްކުރައްވާނީ ޕޯސްޓްގްރެޖުއޭޓް ކޯސްތައް އިތުރުކުރަމަށާއި ބިޒްނަސް ސްކޫލްގެ މަގުބޫލުކަން އިތުރުކުރުމަށެވެ. ހަމަމިއާއެކު، މުޖުތަމައު އާއި ވިޔަފާރީގެ ދާއިރާގެ ފަރާތްތަކާއެކު އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރުމަށްވެސް މަސައްކަތްކުރައްވާނެކަމަށް އަބްދުއްރަހްމާން ވިދާޅުވިއެވެ. ހަމައެހެންމެ ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަކީވެސް އަމާޒެއްކަން ފާހަގަކުރެއްވިއެވެ.

އަބްދުއްރަހްމާން މުބާރިކްއަކީ، ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާވަނީ އެކްޓިން ޑީންގެ މަގާމްވެސް ފުރުއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *