ރ. މާކުރަތު ސްކޫލުން ކުރިއަސްގެންދިޔަ، އެ ސްކޫލުގެ ފުރަތަމަ ދަރެސް ޕްރޮގްރާމް ނިންމާލައިފިއެވެ.

ދަރިވަރުންގެ ހިތްތަކުގައި އިސްލާމްދީނާމެދު ހޭލުންތެރިކަން އިތުރުކޮށް، ދީނި ކަންކަމަށް ލޯބިޖައްސާ ޝައިގުވެރިކުރުވުމަށްޓަކައި ކުރިއަށްގެންދެވުނު މި ޕްރޮގްރާމުގައި މައިގަނޑު 4 ހަރަކާތެއް ކުރިއަށްގެންގޮސްފައިވެއެވެ.

އެއީ ޚުޠުބާ ކިޔުން، ބަންގި ގޮވުން، ތަރުޖަމާ ކިޔުން އަދި މަދަހަ ކިޔުމެވެ. ބަންގި އަދި ޚުޠުބާ ކިޔުން ފިރިހެން ކުދިންނަށް ޙާއްސަކޮށްފާވާއިރު، މަދަހަ ކިޔުމާއި ތަރުޖަމާކިޔުން ކުރިއަށްގެންގޮސްފައިވަނީ ދެ ޖިންސަށެވެ.

މި ޕްރޮގްރާމު ކުރިއަށްގެންގޮސްފައިވަނީ ފައުންޑޭޝަން ސްޓޭޖުން ގްރޭޑް 10އެއްގެ ދަރިވަރުންނާ ހަމައަށެވެ. ދަންފަޅި ތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމު ކުރިއަށްގޮސްފައިވަނީ 21 އޭޕްރީލުން 23 އޭޕްރީލަށެވެ.
ރޯދަ މަހު، ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލަކޮށް ދިރުވުމުގެ މަޤްސަދުގައި، މާކުރަތު ސްކޫލުން ވަނީ، އެ ސްކޫލުގެ 23 ވަނަ ޤުރުއާން މުބާރާތްވެސް ބާއްވާފައެވެ.
advertisment
ހިޔާލު