ފެނަކަ ކޯޕަރޭޝަން ލިމިޓްޑުން ކުރިއަށް ގެންދިޔަ "ފެނަކަ އާއިލީ 7ވަނަ ޤުރްއާން މުބާރާތް" ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާލެ ސިޓީގައެވެ.
2019 ވަނަ އަހަރު ފެނަކަ ރިކްރިއޭޝަން ކުލަބުގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދަން ފެށި މި މުބާރާތަކީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތެއްކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެ ގޮތުން މިއަހަރުގެ ރަމަޟާންމަހުވަނީ މި މުބާރާތް އިތުރު 2 ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފަކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އެއީ "ށ" ،"ނ" އަދި "ގއ"،"ގދ" މި ދެ ސަރަހައްދެވެ.
ރާއްޖޭގެ 3 ސަރަހައްދުގައި ބޭއްވިގެން ދިޔަ 3 މުބާރާތުގައި ފެނަކަ އާއިލާއަށް ނިސްބަތްވާ ޖުމްލަ 423 ކުދިންވަނީ ބައިވެރިވެފައިވެއެވެ. މީގެ ކުރީގެ މުބާރާތްތަކާއި ހިލާފަތް މި އަހަރު ބޭއްވުނު މުބާރާތްތަކުން ވަނަ ލިބޭ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ ފައިސާގެ އިނާމްވާނީ ބޮޑުކޮށްފަކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އެ ގޮތުން ކޮންމެ ސަރަހައްދެއްގެ ގޮފިތަކުން 1ވަަނަ،2ވަނަ އަދި 3ވަނަ ހޮވައި، ސްޓްފިކެޓާއި ޓްރޮފީ ދީފައިވާއިރު ކޮންމެ ސަރަހައްދެއްގެ މުޅި މުބާރާތުން 1ވަނަ އަށް 15000ރުފިޔާ، 2ވަނަ އަށް 10000ރުފިޔާ އަދި 3ވަނައަށް 5000ރުފިޔާގެ ފައިސާގެ އިނާމް އަދި ޓްރޮފީވަނީ ހަވާލުކޮށްފައެވެ.

މިއަހަރު މި މުބާރާތުން 1ވަނަ ހޯދާފައިވަނީ، އައިމިނަތު އައިނީ އަހުމަދު، 2ވަނަ އައިޝަތު އީކާ މުޖުތަބާ އަދި 3ވަނަ ފާތިމަތު ޝައިފާ މުހައްމަދު ސިޔާމްއެވެ. މިއަހަރުގެ މި މުބާރާތަށްވުރެ ފުރިހަމަކޮށް އަންނަ އަހަރުގެ މުބާރާތް ބާއްވާނެކަމަށްވެސް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރވަނީ މި ރަސްމިއްޔާތުގައި އިއުލާންކޮށްފައެވެ.
މި މުބާރާތަކީ، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅުވާލައިގެން ފެނަކަ މުވައްޖަފުންނާއި އެމުވައްޒަފުންގެ އާއިލާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
advertisment
ހިޔާލު